ކުއްލި ޚަބަރު

މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންފި

ސިޔާސީ މަގާމްތަކުގައި ތިބީ 922 މީހުން: ރައީސް އޮފީސް

ޒާރާ އާއި ސިޔާމްގެ ކައިވެނި ރޫޅިއްޖެ

ލިވަޕޫލްގެ ސީނިއާ ޓީމުގެ ވަފުދެއް ރާއްޖެ އަތުވެއްޖެ

Vffff

އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ ސީނިއާ ޓީމުގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.

އެ ވަފުދު ރާއްޖެ މި އައީ ލިވަޕޫލްގެ “ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރު” ގެ ހައިސިއްޔަތުން ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް އެމްއެމްޕީއާރުސީއާ ގުޅިގެން ފަށާފައިވާތީ އެ ކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެ ކުންފުނިން މިއަދު ބުނީ، ޓީމުގެ ވަފުދުގައި އިސްކޮށް ހުންނެވީ އެ ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލް އާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓާ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވޮލޮޕްމެންޓް އެލެކްސް ފްރޭޒާ ކަމަށެވެ.

މި ވަފުދުގެ މި ދަތުރަކީ “ވިޒިޓް މޯލްޑިވްސް” ގެ ސްޓްރެޓިޖިކް ޕާޓްނާޝިޕް ތަރައްގީ ކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރްސީން ބުނިގޮތުގައި، މި ދަތުރުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިންނާ އެކު މުހިންމު ބައްދަލުވުންތަކެއް ބާއްވާނެ އެވެ.

ލިވަޕޫލް އެފްސީގެ “އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު”ގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެ އަށް ޒިޔާރަތް ކުރުމަށް އިތުރު ޓޫރިސްޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.

އެމްއެމްޕީއާރުސީން ބުނީ، އަންނަ އޮގަސްޓު މަހު ފަށާ އާ ސީޒަނާ ދިމާކޮށް ވެސް ގިނަ ހަރަކާތްތަކެއް ތާވަލް ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ލިވަޕޫލްގެ ކުޅުންތެރިން ހިމެނޭ ކޮންޓެންޓާއި ބައިނަލްއަގްވާމީ މުހިންމު ކެމްޕެއިނެއް އަންނަ މަހު ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ، ލިވަޕޫލްގެ ބޮޑު ފޭންބޭސް އެއް އޮންނަ އިނގިރޭސި ވިލާތާއި ޖަރުމަނާއި މެދުއިރުމަތިފަދަ އަގުބޮޑު މާކެޓުތަކަށް އަމާޒުކޮށްގެން ކުރަމުން އަންނަ މަސައްކަތުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރޭޑްމާކް ބިލާއި އިންޓެލެކްޗުއަލް އޮފީހުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންފި

ބ.އަތޮޅުގައި ވެސް އާރްޓީއެލްގެ ޚިދުމަތް ފަށަނީ

ވިޒިޓް މޯލްޑިވްސްއަށް ކްރިއޭޓިވް ކޮންޓެންޓާއި ވީޑިއޯ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

TTH_advertisement ELL Mobile Advertisement