ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި

Muuum

މ. މުއްޔާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ މ. ނަލާފުށި ގުޅާލާ ކޯޒްވޭގެ އަމަލީ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައި ދެއްވައިފިއެވެ.

ކޯޒްވޭގެ އަމަލީ މަސައްކަތް ރައީސް އިފުތިތާހު ކޮށްދެއްވީ މުލީ އެއާޕޯޓް ހުޅުވުމަށް މިއަދު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެކަމަށް ހާއްސަ ކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މުއްޔާއި ނާލާފުއްޓާ ދެމެެދުގައި ކޯޒްވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓް 30، 2023 ގަ އެވެ.

މި މަޝްރޫއުގެ ދަށުން 565 މީޓަރުގެ ކޯޒްވޭއެއް އަޅާނެ އެވެ. އެ ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއް ހަދާއިރު އެ މަޝްރޫއުގެ ދަށުން ކޯޒްވޭގެ މަގުތައް ހަދައި ތާރުއެޅުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. އަދި 112 މީޓަރުގެ ރިވެޓްމަންޓް ޖަހައި 15 މީޓަރުގެ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެ އެވެ.

އެމްޓީސީސީއަށް މި މަޝްރޫއު އޭރު ހަވާލުކޮށްފައި ވަނީ 125.5 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރީޓޮޕް ހޮސްޕިޓަލުގެ ހެލްތު ކޭމްޕް މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ނިންމާލައިފި

423442 6a9b6e94 9

މުލީގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

Uuuuuuuuuuuus

މުލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

Mal

މުލީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި