ކުއްލި ޚަބަރު

ޣައްޒާގެ ރަށްތަކުން އާންމުން ގަދަކަމުން ބޭރުކުރަން ފަށައިފި، ދެކޮޅުހަދާ އެންމެންނަށް މަރު!

ހަނގުރާމަ ހުއްޓާލުމަށް، ނަތަންޔާހޫ އަނެއްކާވެސް ހަރުކަށި ޝަރުތުތަކެއް ކުރިމަތިކޮށްފި

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

ޤައުމީ އެއަރލައިނުން ފުރަތަމަ ފަހަރަށް ޙާއްޖީން އުފުލާނެ

މިހާރު މުޅި އިސްލާމީ އުންމަތް ތައްޔާރުވަމުން އަންނަނީ މިއަހަރުގެ ޙައްޖު މޫސުމަށެވެ. ރަޙުމަތާއި ބަރަކާތުން ފުރިގެންވާ ޛުލްޙިއްޖާ މަހަށް މަރުޙަބާކިޔުމަށް މުސްލިމު އުންމަތުގެ އެންމެހާ އަޚުންނާ އުޚުތުން އަންނަނީ ތައްޔާރުވަމުންނެވެ. ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުން މިވަނީ ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދަތުރުފަށާފައެވެ. އެއްގަމު މަގުންނާ ވައިގެ މަގުން އަދި ކަނޑުމަގުން ޙައްޖާޖީން މިވަނީ ސަޢުދީ އަރަބިއްޔާއަށް އެތެރެވާން ފަށާފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހި ޙާޖީންވެސް މިވަނީ ފޮށިތަންމަތި ބަނދެ ދަތުރަށް ތައްޔާރުވެފައެވެ. ދިވެހި ޙާޖީންނަށް ނިޔާމަ ދަތުރެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ މުހިންމު ނިންމުންތަކެއް ނިންމާފައެވެ. ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި، ދިވެހި ޙާޖީންގެ ދަތުރު ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުންވަނީ ކަންތައްތަކެއް ފުރިހަމަކޮށްދީފައެވެ.

ރާއްޖޭގެ ތާރީޚުގައި ޙައްޖާޖީންނަށް ފުރިހަމަކޮށްދޭ މުޅިން އައު ކަންކަންވެސް މީގެ ތެރޭގައި ހިމެނެއެވެ. ބޭނުމަކީ ދިވެހި ޙާޖީންނަށް މަބުރޫރު ޙައްޖަކަށް ވާނެފަދަ ގޮތަކަށް ހުރިހާ ގޮތަކުންވެސް މަގުފަހިކޮށްދިނުމެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްއާއެކު ޙާޖީންގެ ދަތުރަށް ބޮޑު ލުޔެއް
ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ސަޢުދީއަށް ކުރާ ދަތުރަކީ ދިގު ދަތުރެކެވެ. ތަކުލީފުތައް ގިނަ ދަތުރެކެވެ. ޢުމުރުން ދުވަސްވީ މީހުންނަށް ޙައްޖު ދަތުރުގެ ތަކުލީފުތައް ވަކިން ބޮޑެވެ. ލަގެޖްތައް ނުވަތަ ފޮށިތައް އުފުލާންޖެހުމާއި އިމިގްރޭޝަން ކިއުތަކުގައި ގިނަވަގުތު އެއާޕޯޓުގައި ކޮޅަށް ތިބެންޖެހުމަކީ ދިވެހި ޙާޖީން މީގެ ކުރިން ތަހައްމަލުކުރަމުން އައި ކަންކަމެވެ.

މިކަންކަމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިލާންޖެހެނީ ދަތުރު އިތުރަށް ވަރުބަލިކުރުވާ ކަންތައްތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ދިވެހިން ޢުމްރާގެ އަޅުކަން އަދާކުރުމަށާއި، ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުރާ ދަތުރު ލުއިފަސޭހަކޮށްދިނުމަށް މަސައްކަތްޕުޅުތަކެއް ފެއްޓެވިއެވެ. އެގޮތުން ރައީސުލްޖުމްހޫރީއްޔާގެ މި ތަޞައްވުރު ފުރިހަމަކޮށްދެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުހިންމު ނިންމުންތަކެއް ނިންމިއެވެ. އަދި ކަމާ ގުޅުންހުރި ފަރާތްތަކާ ވަގުތުން މަޝްވަރާތައް ފެއްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ދިވެހި ޙައްޖާޖީންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދޭން ފެށިއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ފުރިހަމަކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އެދުނު އެދުމާ އެއްގޮތަށް، މައްކާ ރޫޓް އިނީޝިއޭޓިވްގައި، 1446 ވަނަ އަހަރު ރާއްޖެ ހިމަނަން ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ ނިންމަވާފައެވެ. މި އުސޫލުގެ ދަށުން ދިވެހި ޙައްޖާޖީން އެއަރޕޯޓުގައި ފުރިހަމަކުރަންޖެހޭ ދިގު މަރުހަލާތައް ކުރުވެގެން އަންނާނެއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޙައްޖުވެރިން ފުރަން ދިޔުމުން ފޮށިތަކުގައި ޓެގު ޖަހައި ޙައްޖުވެރިންގެ ނަމުގައި ފޮށިތައް ރަޖިސްޓަރކޮށް ބޯޑިން ފާސް ވަގުތުން ލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއިން ފުރާއިރު ޖިއްދާ އެއަރޕޯޓު ޓާމިނަލްގައި މަޑުކުރަން ނުޖެހި ވަގުތުން ބޯޓަށް އެރޭނެއެވެ. އަދި ޖިއްދާ އެއަރޕޯޓުގައި ލަގެޖް އަންނަންދެން މަޑުކުރަން ނުޖެހި ސީދާ ބަހުގައި މައްކާގެ ހޮޓަލަށް އާދެވޭނެއެވެ. އަދި ލަގެޖްތައް ހޮޓަލުން ލިބޭނެ އިންތިޒާމު ހަމަޖެހުނީއެވެ. މިއީ ރާއްޖޭގައި ތާރީޚުގައި މި އިންތިޒާމުތައް މިހާ ފަސޭހަކޮށް ހަމަޖައްސައިދެވޭ ފުރަތަމަ ފަހަރެވެ.

ޙާޖީން އުފުލުމުގައި ޤައުމީ އެއަރލައިން
ދިވެހިންގެ ފަޚުރުވެރި ޤައުމީ އެއަރލައިންގައި ދިވެހިން ޙައްޖަށް ގެންދިޔުމަކީ ދިވެހިންނަށް ލިބޭ ފަޚުރެއްކަން ޔަގީނެވެ. ދިވެހި ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުން މިފަހަރު މި ފަޚުރުވެރި ދަތުރު ސަޢުދީ އަރަބިއްޔާއަށް ކުރުމަށް ވަނީ ނިންމާފައެވެ.

އެހެންކަމުން މިއަހަރަކީ މޯލްޑިވިއަންގެ ފްލައިޓުގައި ދިވެހި ޙައްޖާޖީން ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދަތުރުކުރާ ފުރަތަމަ ފަހަރެވެ. ހަތަރު ފުލައިޓް ދަތުރަކަށް ބަހާލައިގެން 1000 ޙައްޖާޖީން ދަތުރުކުރާއިރު، އޭގެ ތެރެއިން 2 ދަތުރަކީ ޤައުމީ އެއަރލައިން މޯލްޑިވިއަންގައި ކުރާ ދަތުރުތަކެވެ.

ދިވެހި ޙާޖީން ތިބޭނީ ފެންވަރު ރަނގަޅު މިނާ ޓެންޓުތަކުގައި
ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން މިނާގައި ރޭކުރުން ހިމެނެއެވެ. ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރާނެއެވެ. މިނާގައި ރޭކުރަނީ ފޭލިގެތަކުގައެވެ. މިއީ ފާއިތުވި އަހަރުތަކުގައި ޙައްޖުވެރިންނަށް ތަކުލީފު ބޮޑުގޮތަކަށް އިންތިޒާމުތައް ހަމަޖެހިފައި އޮންނަ ކަމެކެވެ.

ނަމަވެސް މިއަހަރުގެ ޙައްޖުގެ އަޅުކަމަށް އަންނަ ހުރިހާ ދިވެހިން ތިބޭނީ ކުރިއަށްވުރެ މާ ފެންވަރު ރަނގަޅު ފޭލިގެތަކުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމަށް ދިވެހި ސަރުކާރުން ކުރެއްވިި މުހިންމު ކަމެކެވެ. ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތުގެ ދަށުން، ސަޢުދީ އަރަބިއްޔާއިން ދިވެހިރާއްޖެ ހިމެނޭ ކެޓަގަރީ މަތިކުރުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ.

ކޮންމެއަކަސް 1446ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް އަންނަ ދިވެހިންނަށް ދިވެހިރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފެށިގެން ސަޢުދީ އަރަބިއްޔާގައި ތިބޭ ދުވަސްތަކުގައި ލިބޭ ޚިދުމަތްތަކާ، ޙައްޖުގެ މަނާސިކުތައް އަދާކުރާ ގޮތްތަކާ، އެނބުރި ރާއްޖެއަށް އައުމާ ހަމަޔަށްވެސް އޮތީ ލުއިފަސޭހަ އިންތިޒާމުތަކެކެވެ. ދިވެހި ސަރުކާރުން މަސައްކަތްކޮށްފައިވަނީ ދިވެހި ޙައްޖާޖީންނަށް މަބުރޫރު ޙައްޖެއް ހޯދައިދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

21

164 ކަސްޓަމްސް އޮފިސަރުންގެ ވަޒީފާއަށް ކުރިމަތިލާން ހުޅުވާލައިފި

“ޣައްޒާގެ ކޮންމެ ތުއްތުކުއްޖަކީ އިސްރާއީލުގެ ދުޝްމަނެއް” މޯޝޭ

ކުޑަހުވަދޫގައި ޓްރީޓޮޕް ހޮސްޕިޓަލުން ހެލްތު ކޭމްޕެއް ބާއްވައިފި

Rrii

އިތުރު ތިން ރިމާންޑް ސެންޓަރު ގާއިމް ކުރަނީ

ELL Mobile Advertisement TTH_Advertisement