ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޓާ ޔުނިވާސިޓީތަކުގެ ސްކޮލަޝިޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި

ޮޕ32

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު އިއުލާން ކުރި ގޮތުގައި، މޯލްޓާގެ ޔުނިވާސިޓީތަކުގެ 2025/2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ސްކޮލަޝިޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ހުޅުވާލައިފިއެވެ.

މި ސްކޮލަޝިޕްގެ ދަށުން މާސްޓާސް އަދި ޕީއެޗްޑީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސްކޮލަޝިޕްތަކަށް އެދޭ ފަރާތްތަކުން ޖޫން 2 ގެ ކުރިން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މިނިސްޓްރީން އިތުރަށް އަންގާފައިވަނީ، ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް މިނިސްޓްރީން އަންގާފައިވެއެވެ. މިފަދަ އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

students university

ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލަނީ

higher education

ދަރިވަރުންގެ ސަލާމަތާ ތައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދަނީ ދެމުން: ވުޒާރާ

98

ފުނަދޫ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި

މިދިޔަ 2 އަހަރު 471 ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުޞަތު ދީފައިވޭ