ކުއްލި ޚަބަރު

އޮޓޮޕްސީއަށްފަހު އަބްދުއްރަހުމާންގެ ހަށިގަނޑު ރާއްޖެ ގެނެސްފި

މިމަހުގެ 28ގައި ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ

ގައުމީ ލޯބި ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން: ރައީސް 

އެމްއެސްއެސް އިން ދެކެން ބޭނުން ވަނީ އެ ކުންފުނީގެ މަސައްކަތުގައި އަންހެނުންގެ ދައުރު އިތުރުވާތަން

މެރިޓައިމް ދާއިރާގައި އަންހެނުން މަސައްކަތް ކުރުމަށް ހިތްވަރުދިނުމުގެ ގޮތުން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ފާހަގަކުރާ އިންޓަނޭޝަނަލް ވުމެން އިން މެރިޓައިމްސް ދުވަހުގައި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ދެކެން ބޭނުން ވަނީ އެ ކުންފުނީގެ މަސައްކަތުގައި އަންހެނުންގެ ދައުރު އިތުރުވާތަނެވެ.

އެމްއެސްއެސް ހެޑް އޮފީހުގެ މުވައްޒަފުންގެ ތެރެއިން 40% އަކީ އަންހެނުންނެވެ. ނަމަވެސް އެ ކުންފުނީގެ އުޅަނދުތަކުގައި މިވަގުތު އެއްވެސް އަންހެން މުވައްޒަފަކު ނެތެވެ. އެމްއެސްއެސްގެ އުންމީދަކީ މުސްތަގުބަލުގައި އަންހެން މުވައްޒަފުން އުޅަނދުތަކުގައި ވެސް މަސައްކަތް ކުރާތަން ފެނުމެވެ.

“އަޅުގަނޑުމެންގެ ކަލާސީން ސްކޮލަރޝިޕް ފުރުޞަތުގެ ދަށުން ކުރިއަށް އޮތް ޖީލުގެ ޓެކްނިކަލް މުވައްޒަފުން ބިނާކުރުމަށް އެތަކެއް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ، މި ފުރުޞަތުތަކަކީ އަންހެން ކުދިންނަށްވެސް ހުޅުވިފައިވާ ފުރުޞަތުތަކެއް، އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތްތަނުގައި އެކަން ފެންނާނެ ކަމަށް،” އެމްއެސްއެސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ދާއިރާ އަކީ ގިނަ އަދަދެއްގެ ފިރިހެނުން ޒަމާނުއްސުރެ މަސައްކަތް ކުރަމުން އަންނަ ދާއިރާއެއް ކަމަށް ވިޔަސް މިހާރުގެ އަމާޒަކީ މި ދާއިރާއިން ގިނަ އަންހެން މޫނުތަކެއް ފެނުމެވެ. މި ދާއިރާގައި އަންހެނުންނަށް އަދާކުރެވޭނެ އެކި މަސްއޫލިއްޔަތުތައް އެބަހުއްޓެވެ. އެހެންވެ މިއަދުގެ ޝިއާރު ވެސް ވަނީ މިކަމާ ގުޅުވާލާފައެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ “އެން އޯޝަން އޮފް އޮޕޮޗޫނިޓީޒް” ނުވަތަ “އަންހެނުންނަށް ގިނަގުނަ ފުރުސަތުތައް އޮތް ކަނޑެއް” މިއެވެ.

އެމްއެސްއެސްއިން ވަނީ2021 ވަނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ވިމެން އިން މެރިޓައިމް ދުވަސް ރާއްޖޭގައި ފާހަގަކުރަމުންނެވެ. މި ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް އަންހެނުންނަށް ޙާއްސަ ހޭލުންތެރިކުރުމާއި ތަމްރީނު ސެޝަންތައް ބާއްވައެވެ. މީގެ ކުރިން އެމްއެސްއެސްގެ ހެޑް އޮފީހުގައި އޮޕަރޭޝަންސް، ޑޮކިއުމަންޓޭޝަންސް އަދި ފައިނޭންސްގެ ދާއިރާއިން މަސައްކަތް ކުރުމަށް ޒުވާން އަންހެނުންނަށް އިންޓާންޝިޕް ފުރުސަތު ވެސް ހުޅުވިއެވެ. އެމްއެސްއެސްގެ އުޅަނދުތަކަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާ ގޮތް އަންހެނުންނަށް ދައްކާލުމުގެ ހަރަކާތްތައް ވެސް ގިނައިން ކުރިއަށް ގެންދެއެވެ.

މި އަހަރު މި ދުވަސް ފާހަގަކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީޒްއާ ގުޅިގެން އަންހެނުންނަށް އެމްއެސްއެސްގައި ތަމްރީނާއި ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައްވަން ކުރަމުން އަންނަ މަސައްކަތް ހިމެނެއެވެ. މީގެ ތެރޭގައި ދާއިރާގެ ތަޖުރިބާކާރުން ފަރުމާކޮށްފައިވާ ސެޝަނަކާއި، ގައުމީ ޔުނިވާސިޓީގައި ހުރި ވަސީލަތްތައް ތަޖުރިބާކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޅޮހީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާައި އައުޓްޑޯ ޖިމުގެ ބިންގާ އަޅުއްވައިފި

ވެލިދޫގައި ސީޕްލޭން އޮޕަރޭޓް ކުރެވޭ ގޮތަށް ޕްލެޓްފޯމެއް ގާއިމުކުރަން ނިންމަވައިފި

ކާވާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ކަޒަކިސްތާނުގެ ޒައިކް ވޮލީބޯލް ކުލަބުން ހޯދައިފި

ޢަބްދުއްރަޙްމާންގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބޭއްވުމަށް ނިންމައިފި

TTH_advertisement ELL Mobile Advertisement