ކްލަބް ރޭސާސް އިން “ކިޑްސް އެތްލެޓިކްސް ޑޭ 2025” ނިންމާލައިފިއެވެ.
އެ ހަރަކާތަކީ ކްލަބް ރޭސާސްއިން، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކުޅިވަރާ ބެހޭ ވުޒާރާ އަދި ޔުނިސެފްއާ ގުޅިގެން ބޭއްވި އެއް ދުވަހުގެ ހާއްސަ ހަރަކާތެކެވެ.
އެ ހަރަކާތް ނިންމުމަށް މިއަދު ހަވީރު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.
“ކިޑްސް އެތްލެޓިކްސް 2025” ގައި ބައިވެރިވި ހުރިހާ ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާގެ އިތުރުން، ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް، ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އެޑްވާޑް އަޑާއީ އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު މުސްތަފާއެވެ.
އެ ހަރަކާތުގެ މަގުސަދަކީ ކުޑަކުދިންގެ މެދުގައި ދުޅަހެޔޮ އާދަތައް އާލާކުރުމަށް ހިތްވަރުދިނުމެވެ.