ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ޝަރުއީ ދާއިރާއަށް މި ސަރުކާރުން ނުފޫޒެއް ނުފޯރުވާ: ޚަލީލް

ކަ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ކޮމަންވެލްތަށާއި ބައިނަލްއަޤްވާމީ އެކިފަރާތްތަކަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު މިފަދައިން ވިދާޅުވެފައިމިވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ބައިނަލްއަޤްވާމީ ފަރާތްތަކާ އެ މައުލޫމާތު ހިއްސާކުރަމުންގެންދާ ގޮތާ ގުޅިގެންނެވެ.

ޚަލީލު ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފައިވަނީ ކުރި ތަޙުޤީޤަށް ފަހުކަމަށާއި އިދިކޮޅު ފަރާތްތަކުން މިމައްސަލައިގެ ޙަޤީޤަތް އޮޅޭގޮތަށް ބައިނަލްއަޤުވާމީ އެކި ފަރާތްތަކަށް މަޢުލޫމާތު ހިއްސާކުރަމުންދާކަމަށެވެ.

އިދިކޮޅު ފަރާތްތަކުންސް ޒިންމާދާރު ކަމާއެކު ޙަޤީޤަތާ އެއްގޮތަށް މަޢުލޫމާތު ހާމަކޮށްދެއްވުމަށް ވަޒީރުގެ މެސެޖްގައި ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، ރައީސް މިއިއްޒުގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާނެކަމަށެވެ. އަދި ޝަރުޢީ ދާއިރާގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެގޮތުން އެއްވެސްކަމެއް ނުކުރައްވާނެކަމަށް ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ޤާނޫނީ ވެރިކަން ދެމެހެއްޓުމަކީ މިސަރުކާރުގެ ވަޢުދެއްކަމަށާއި، އެކަން މިސަރުކާރުން ކުރައްވާނެކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

އަބޫދާބީ ސަސްޓެއިނަބަލިޓީ ވީކުގައި ބައިވެރިވެވަޑައިގެންނެވުމަށް ޑރ. ޚަލީލް ޔޫއޭއީއަށް ވަޑައިގެންފި

Mm

އިންސާފާއި ހަމަޖެހުމަށް މަސައްކަތް ކުރުމުގައި ރާއްޖެއިން އަބަދުވެސް އޮންނާނީ ތައްޔާރަށް: މިނިސްޓަރު ޚަލީލް

dr khaleel

ހާރިޖީ ވަޒީރު ޑރ. ޚަލީލް ގަތަރަަށް ފުރާވަޑައިގަންނަވައިފި

dr khaleel

ރާއްޖޭގެ ޚާރިޖީ ސިޔާސަތު މުޅި ދުނިޔެ ބަލައިގަންނާނެ: ޙަލީލް

TTH_advertisement