ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ފޮރިން މިނިސްޓަރު ކުވޭތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

Kuwwait 945x630

ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދަޢުވަކަށް ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުالله ޚަލީލް ކުވޭތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މިދަތުރުފުޅަކީ ދިވެހިރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ ގޮތުން ކުރެވުނު ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލްވަނީ އެކްޓިންގ  ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް އިންޓީރިއަރ ޝެއިޚް ފަޙަދު ޔޫސުފު ސަޢުދު އަލް- ސަބާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ އިތުރުން ކުވޭތު ސަރުކާރުގެ އިތުރު މިނިސްޓަރުންނާއި ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ކުވޭތާއި ދެމެދު އޮންނަ ޒަމާންވީ، ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވައި، ތަފާތު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އަދި ދިވެހިރާއްޖޭގެ އިޤްތިޞާދު ތަރައްޤީކޮށް ސިންދަފާތުކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއި ސިއްޙީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ބިނާރާ ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް މިނިސްޓަރގެ ބައްދަލުވުންތަކުގައި އަލިއަޅުއްވާލެއްވިއެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޔޫއެންއޯޑީސީގެ ރީޖަނަލް ރެޕްރެޒެންޓެޓިވް މަޤާމުގެ ފަތްކޮޅު އަރުވައިފި

893

ފަލަސްތީނު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން ގޮވާލައިފި

3

އިސްރާއީލުން ދަނީ މުޅި ސަރަހައްދުގެ ހަމަނުޖެހުން ނަގާލަމުން: މިނިސްޓަރު ޚަލީލް

Kkvv

ތަރައްގީގެ މަޝްރޫއުތަކަށް އެހީ ހޯދަން މިނިސްޓަރު ޚަލީލް ކުވައިތުގައި

TTH_advertisement