ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑަބްލިޔުޑީސީގެ ރައީސާ ރައްޔިތުން އިންތިހާބުކުރާގޮތަށް ގާނޫނަށް ބަދަލު ގެންނަނީ

Gq a44ewyaaurut
“ރައްޔިތުންނާއެކު” ޕޮޑްކާސްޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ — ފޮޓޯ: ރައީސް އޮފީސް

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިޔުޑީސީގެ ރައީސާ ރައްޔިތުން އިންތިހާބުކުރާގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް “ރައްޔިތުންނާއެކު”ގެ މިއަދުގެ އެޕިސޯޑުގައި ރައީސް ވިދާޅުވީ އަތޮޅު ކައުންސިލުތައް އުވާލައި، ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށެވެ.

އެގޮތުން އެ ގާނޫނަށް ގެންނަ އިތުރު އިސްލާހުތަކުގެ ތެރޭގައި ރަށު ކައުންސިލުތަކުގެ ކައުންސިލަރުންގެ އަދަދަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ސިޓީ ކައުންސިލުތަކުގެ ކައުންސިލަރުންގެ އަދަދަށް ބަދަލެއް ނުގެންނަވާނެ ކަމަށެވެ. ސިޓީ ކައުންސިލުތަކުގައި ތިބޭނީ ކައުންސިލަރުންގެ އަދަދު އިތުރު ނުވާ ގޮތަށް މިހާރު ވެސް ތިބޭ އަދަދަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އިތުރު ގާނޫނުތަކަށް ގެންނަން ނިންމަވާފައިވާ އިސްލާހުތަކާ ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ގެންނަ އިސްލާހާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާ ގޮތަށް ގެންނަ އިސްލާހު އަދި އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުން ދުރުކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ދޭ ގޮތަށް ގެންނަ އިސްލާހު ހިމެނެއެވެ.

އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުން ދުރުކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ދޭ ގޮތަށް ގެންނަ އިސްލާހާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ހަގީގީ މާނައިގައި ބާރުވެރިކުރެވޭނީ އެ އިސްލާހު ގެނެސްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް