ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުލްހަވުމަށް އީރާނާއެކު ވަރަށް ސީރިއަސް މަޝްވަރާތަކެއް މިދަނީ ކުރަމުން: ޓްރަމްޕް

ސުލްހައިގެ މަގަމަށް ދިއުމަށް އީރާނާއެކު ވަރަށް ސީރިއަސް މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް މިފަދައިން ވިދާޅުވީ، މެދުއިރުމަތީގެ ތިން ގައުމަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެގޮތުން، ގަތަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޓްރަމްޕް ވިދާޅުވީ، އީރާނާ ވާހަކަ ދައްކަމުން ގެންދަވަނީ ދިގުމުއްދަތުގެ ސުލްހައަކަށް ކަމަށާއި، އެކަމަށްޓަކައި ސީރިއަސް ވާހަކަތަކެއް ދެކެވެމުންދާ ކަމަށެވެ.

އަދި ވާހަކަތައް ކާމިޔާބު ވެއްޖެނަމަ އެއީ ވަރަށް މުހިންމު ކަމަކަށް ވެގެންދާނެ ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، އީރާނުގެ ހައްގުގައި ގަތަރުގެ އަމީރު ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާތީ، އީރާނަކީ ވަރަށް ނަސީބުވެރި ގައުމެއް ކަމަށެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ، އެމެރިކާއިން އީރާނަށް އެއްވެސް ގެއްލުމެއް ދިނުމަށް ގަތަރުގެ އަމީރު ބޭނުންފުޅު ނުވާ ކަމަށެވެ.

އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާއެއް ދީފާނެތީ އެކަން ހުއްޓުވުމަށާއި، ހަނގުރާމައަކަށް ނުގޮސް، ސުލްހަވެރި ހައްލަކަށް ދިއުމަށް ގަތަރުގެ އަމީރު ވަރަށް ބޮޑަށް “ފައިޓް” ކުރައްވަމުން ގެންދަވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަތަރަށް ކުރައްވާ ދަތުރުފުޅު ނިންމަވާލައްވައި، މިއަދު ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގަންނަވާނެއެވެ.

ޔޫއޭއީއަށް ފުރާވަޑައިގަތުމުގެކުރިން، ގަތަރުގައި ގާއިމްކޮށްފައިވާ އެމެރިކާ ސިފައިންގެ އަސްކަރީ ބޭސް، އަލް އުދައިދް އެއަރބޭސްއަށް ޒިޔާރަތް ކުރައްވާނެއެވެ. އަލް އުދައިދް އެއަރބޭސް އޮންނަނީ ދޯހާގެ ދެކުނުހުޅަނގު ފަޅީގައެވެ. މިއީ، މެދުއިރުމަތީގައި އޮންނަ އެމެރިކާ ސިފައިންގެ އެންމެބޮޑު ބޭސްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

އެމެރިކާގެ އެތައް މިލިއަން ބަޔަކު މަގުތަކަށް، ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ދަނީ ގޮވާލަމުން

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

Mussss

އީރާނުގެ ސްކޫލަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި