ކުއްލި ޚަބަރު

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

ތިލަފުށީ ޕޯޓު ތަރައްޤީކޮށް ނިމުމުން ކަނޑު ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ!

މާލޭ ކޮމާޝަލް ހާބަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗަރގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށްގެންދާ ތިލަފުށީ ޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދަނީ ހަލުވި ދުވެއްޔެއްގައެވެ. މި މަޝްރޫޢުގެ ސަބަބުން 2026 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބަނދަރުތަކުގެ ހިދުމަތުގެ ފެންވަރާއި ޖާގަ އިތުރުވެގެންދާނެ ކަމަށް ބެލެވޭކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.

255 މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ އަގަކީ 35 މިލިއަން ޑޮލަރެވެ. މި މަޝްރޫޢަށް ސަރުކާރުން ވަނީ ތިލަފުށިން 60 ހެކްޓަރުގެ ބިން ކަނޑައަޅާފައެވެ. މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

އެމްޕީއެލް އިން ހާމަކުރި ގޮތުގައި މިހާރު ކުރިއަށް ދަނީ އެމްޓީސީސީއާ ގުޅިގެން ހުސް ކޮންޓެއިނަރު ޑިޕޯއެއް ޤާއިމްކުރުމުގެ މަސައްކަތެވެ. “އައު ޕޯޓަށް ބައެއް ކޮންޓެއިނަރ ޓާމިނަލްގެ މަސައްކަތް ބަދަލުކުރެވުމުން މާލޭ ކޮމާޝަލް ހާބަރު ސަރަހައްދުގެ ތޮއްޖެހުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ.”

ފުރަތަމަ ފިޔަވަހީގައި 70 މީޓަރުގެ ކީވޯލްއަކާއި ތިލަފުށީ އިންޓަނޭޝަނަލް ލޮޖިސްޓިކްސް ޓާމިނަލް (އައިއެލްޓީ) ތަރައްޤީކުރެވޭނެއެވެ. މި މަސައްކަތް 2025 ގެ މެދުތެރޭގައި ނިމުމުން، މިހާރު މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލްގައި ރައްކާކުރެވިފައި ހުންނަ ހުސް ކޮންޓެއިނަރުތައް އެތަނަށް ބަދަލުކުރެވޭނެއެވެ.

އެމްޕީއެލްއިން އިތުރަށް ވިދާޅުވި ގޮތުގައި މިހާރު މާލޭ ޕޯޓުގައި މުދާ އަޅާފައި ހުންނަ ކޮންޓެއިނަރުތަކާއި ހުސް ކޮންޓެއިނަރުތައް ވެސް ބަލަހައްޓަމުން ގެންދަނީ އެތަނުގައެވެ. މުދާ ބާލާ ނިމުމަށްފަހު ހުސް ކޮންޓެއިނަރުތައް ގިނަ ދުވަހު ހުންނަނީ ޕޯޓުގައެވެ. މި ކޮންޓެއިނަރުތައް ތިލަފުއްޓަށް ބަދަލުކުރެވުމުން ޖާގައިގެ ދަތިކަން ހައްލުވެ، މުދާ ކްލިއަރކުރުމުގެ މަސައްކަތް އަވަސްވެގެންދާނެ ކަމަށް ވިދާޅުވި ދެވަނަ ފިޔަވަހީގައި 375 މީޓަރުގެ އިންޓަނޭޝަނަލް ބަރތަކާއި، 2.3 ކިލޯމީޓަރުގެ ޑޮމެސްޓިކް ކީވޯލްއަކާއި، ކޮންޓެއިނަރ ފްރެއިޓް ސްޓޭޝަނެއް ޤާއިމްކުރެވޭނެއެވެ. މީގެ ސަބަބުން ޕޯޓުގެ ކޮންޓެއިނަރ ރައްކާކުރުމުގެ ޖާގަ 3،000 އިން 10،000 އަށް އިތުރުވެގެންދާނެއެވެ. މި މަޝްރޫޢުގެ ސަބަބުން ލޮޖިސްޓިކްސްގެ ޚަރަދު ކުޑަވެ، އިމްޕޯޓް މުދަލުގެ އަގު ވެސް ތިރިވެގެންދާނެ ކަމަށް އެމްޕީއެލްއިން ލަފާކުރެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް މާލެ ސަރަޙައްދުގެ ބަނދަރުތަކުގެ ޚިދުމަތް ފުޅާވެ، އެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެގެންދާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓް ވިޔަފާރި އިތުރަށް ފުޅާވެ، އިޤްތިޞާދީ ދުވެލި ހަލުވި ވެގެންދާނެ ކަން ކަށަވަރެއެވެ.

އެމްޕީއެލް އިން ވިދާޅުވެފައިވަނީ “މި މަޝްރޫޢު ނިމުމުން ރާއްޖޭގެ ބަނދަރުތަކުގެ ޚިދުމަތް ބައިނަލްއަޤްވާމީ ފެންވަރަށް އަރައިގަނެ، ރީޖަނަލް ޓްރާންސްޝިޕްމަންޓް ހަބަކަށް ވުމުގެ ފުރުޞަތު ބޮޑުވެގެންދާނެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް.”

މި މަޝްރޫޢުގެ ސަބަބުން ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ވެސް އުފެދިގެންދާނެ ކަމަށް ބެލެވެއެވެ. ޕޯޓުގެ މަސައްކަތްތަކާއި، ލޮޖިސްޓިކްސް އަދި އެހެނިހެން ގުޅުންހުރި ދާއިރާތަކުގައި ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ލިބިގެންދާނެއެވެ.

ތިލަފުށީ ޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލު ކަމުގައި ބެލެވެއެވެ. މި މަޝްރޫޢު ނިމުމުން ރާއްޖޭގެ އިޤްތިޞާދަށާއި، ވިޔަފާރިއަށް އަދި ރައްޔިތުންގެ ދިރިއުޅުމަށް ވެސް ފައިދާކުރާނެ ކަމަށް ގިނަ ފަރާތްތަކުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

211

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

211

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

211

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

112

ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ، ޝަހީދު ނަން ނަގައިފި

TTH_advertisement ELL Mobile Advertisement