ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޯޓް ކްލަބަށް އައު އެގްޒެކެޓިވް ކޮމިޓީއެއް އިންތިޚާބުކުރެވިއްޖެ

ޕޯޓް ކްލަބްގެ އައު އެގްޒެކެޓިވް ކޮމިޓީއެއް އިންތިޚާބަކުން ހޮވިއްޖެއެވެ. މި އިންތިޚާބުގައި ޕޯޓް ކްލަބްގެ އެގްޒެކެޓިެކެޓިވް ކޮމިޓީގެ 5 މަޤާމަށް ޖުމްލަ 10 ކެންޑިޑޭޓުން ވާދަކުރިއެވެ.

އަލަށް އިންތިޚާބުކުރެވުނު އެގްޒެކެޓިވް ކޮމިޓީގެ ރައީސްގެ މަޤާމަށް އަޙްމަދު ޒަޢީމް ހޮވިފައިވާއިރު، ނައިބު ރައީސްގެ މަޤާމަށް އައްޒާމް ޢަލީ ވަޙީދު ހޮވިފައިވެއެވެ. އަދި ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މުޙައްމަދު ބަސީމް، ސެކްރެޓަރީގެ މަޤާމަށް ޢަލީ މައުސޫމް އަދި ޚަޒާންދާރުގެ މަޤާމަށް މުޙައްމަދު މުޢާޒު ހޮވިފައިވެއެވެ. މި އެގްޒެކެޓިވް ކޮމިޓީގެ ދައުރަކީ 3 އަހަރު ދުވަހެވެ.

އަލަށް އިންތިޚާބުވި ރައީސް އަޙްމަދު ޒަޢީމް ވަނީ އައު ޓީމާއެކު މަސައްކަތްކުރުމާމެދު އުފާވެރިކަން ފާޅުކޮށްފައެވެ. އަދި ޕޯޓް ކްލަބަކީ “އިތުރަށް މުޖުތަމަޢުއާ ގުޅުވައިދޭ، އެންމެންނަށް ހުޅުވާލެވިފައިވާ އަދި ދިރުންހުރި” ތަނަކަށް ހެދުމުގެ ވިޝަން އޮތްކަމަށް ބުނެފައިވެއެވެ.

“މިއީ ޖަމާޢީ ދަތުރެއް، އަދި އެކުގައި މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް މަތިވެރި ކަންތައްތަކެއް ޙާޞިލްކުރެވޭނެކަމަށް އަޅުގަނޑު ޤަބޫލުކުރަން،” ޒަޢީމް ވިދާޅުވިއެވެ.

ޕޯޓް ކްލަބްގެ މެންބަރުންގެ މެދުގައި ބޭއްވުނު މި އިންތިޚާބުގައި ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެ ވޯޓުލާފައިވާކަމަށް ކްލަބުން މަޢުލޫމާތު ދީފައިވެއެވެ. އައު އެގްޒެކެޓިވް ކޮމިޓީއިން ޕޯޓް ކްލަބްގެ ޙަރަކާތްތައް އިތުރަށް ފުޅާކޮށް، މެންބަރުންނަށް އިތުރު ޚިދުމަތްތަކެއް ފޯރުކޮށްދޭނެކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި