ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ގަލޮޅުގައި ޕާކިން ޒޯނެއް ތަރައްގީ ކުރަނީ

Gaa

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ސައިކަލް ޕާކިން ޒޯނެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި ޕާކިން ޒޯން ތަރައްޤީކުރަމުންދަނީ ގަލޮޅުގައި މާލެ ސިޓީ ކައުންސިލުން ތަރައްޤީ ކުރަމުންދާ މައިޒާނާ އިންވެގެން އޮންނަ ހުސްބިމުގައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ސައިކަލް ޕާކުކުރެވޭނެ ޖާގައެއް ހޯދައިދިނުމެވެ. އަދި މި ޕާކިން ޒޯން ތަރައްޤީކުރުމުން، ކާރުބާރު ބޮޑު ބޮޑު ރަސްގެފާނު މަގުގެ ޓްރެފިކަށް ލުޔެއް ލިބިގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މި ޕާކިން ޒޯން ނިމުމާއެކު، އިތުރުވެގެންދާ ޕާކިން ސްލޮޓްތަކުން މި ސަރަހައްދުގެ ކަންމަތިތަކުގައި ޕާކް ކުރާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ދެކޭ ކަމުގައެވެ. އަދި މިކަމުގެ ސަބަބުން، އެ މަގުގެ ޓްރެފިކަށް ލުޔެއް ލިބި ދުއްވަން ފަސޭހަވާނެ ކަމަށް ވެސް މޭޔަރު އާޒިމް ފާހަގަ ކުރެއްވިއެވެ.

މޭޔަރު އާޒިމް ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން ގަލޮޅު ސަހަރާ ހިމެނޭ ކޮށިން އެއް މީޓަރ މަގަށް އިތުރު ކުރެވި، މަގު ފުޅާ ކުރެވިގެން ދާނެ ކަމުގައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

މި މަސައްކަތް ވީހާ އަވަހަށް ނިންމުމަށް ކައުންސިލުން މިހާރު ވެސް މަސައްކަތްކުރަމުންދާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. މި މަޝްރޫޢަކީ މާލެ ސިޓީ ކައުންސިލުން ހިންގާ މަޝްރޫޢެއް ކަމަށްވެސް އާޒިމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

councilor nahula ali

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

male city

ގޭގެ ނަންބޯޑު ފެންނަގޮތަށް ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި

1234

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

TTH_advertisement