ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އަތް ބުރިވެއްޖެ

967852990
ފުލުހުންގެ ލޯންޗެއް —

ނ. އަތޮޅު ރިސޯޓެއްގެ ނެރު ކައިރީ ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެއެވެ.

ރޭގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި އަނިޔާވީ 30 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކަށެވެ.

ފުލުހުން ބުނީ އަނިޔާވި ބިދޭސީ މީހާގެ އަތުގެ. އޮޅަނބޮއްޓާ ހިސާބުން ބުރިވެ، އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭނާ މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ކަނޑުމަތީގައި އެފަދަ ހާދިސާތައް ހިނގާ އަދަދު އިތުރުވަމުންދާތީ، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެގޮތުން އެކަމަށް ގަވާއިދު އިސްލާހުކުރައްވާނެ ކަމަށް މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި