ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ކުވޭތުގެ ވަގުތީ ބޮޑުވަޒީރާ މިނިސްޓަރު ހަލީލު ބައްދަލުކުރައްވައިފި

Gq1kz0hbcaaaval
ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލު، ކުވޭތުގެ ވަގުތީ ބޮޑުވަޒީރު އަދި އިންޓީރިއާ މިނިސްޓަރު ޝެއިޚް ފަހަދު ޔޫސުފު ސައުދު އަލް-ސަބާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން — ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިހާރު ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކުވޭތުގެ ވަގުތީ ބޮޑުވަޒީރު އަދި އިންޓީރިއާ މިނިސްޓަރު ޝެއިޚް ފަހަދު ޔޫސުފު ސައުދު އަލް-ސަބާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކުވޭތުގެ އަމީރު، ޝެއިޚު މެޝަލް އަލް-އަހުމަދު އަލް-ޖަބިރު، އަލް-ސަބަހް އަދި ކުވޭތުގެ ލީޑާޝިޕަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ. އަދި ރާއްޖެއާއި ކުވޭތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދެއްވަމުންދާ އެހީތެރިކަމަށް ކުވޭތު ލީޑާޝިޕަށާއި، ކުވޭތު ސަރުކާރުގެ އިސްވެރިންނަށް މިނިސްޓަރު ހަލީލު ޝުކުރު އަދާކުރެއްވި ކަމަށެވެ. ހާއްސަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ދެއްވާ އެހީތެރިކަން ހާރިޖީ ވަޒީރު ފާހަގަކޮށްލެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުވޭތުގެ ވަގުތީ ބޮޑުވަޒީރު ޝެއިޚް ފަހަދު ޔޫސުފު ސައުދު އަލް-ސަބާގެ ވާހަކަފުޅުގައި ރާއްޖެއާއި ކުވޭތާ ދެ ގައުމުގެ ދެމެދު އުފެދިފައިވާ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މި ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ވާހަކަފުޅުދެއްކެވި ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި، ކުވޭތުގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް ޝަރީދާ އަބްދުﷲ ސާދު އަލް-މައުޝަރީ، ބޮޑުވަޒީރުގެ އޮފީހުގެ ޗީފް، އަބްދުލް އަޒީޒު ދާހިލް އަލް-ދާހިލް އަދި އެސިސްޓަންޓް ފޮރިން މިނިސްޓަރު ފޯ އޭޝިއަން އެފެއާޒް، ސާމިހު އީސާ ޖައުހަރު ހަޔާތު ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ފޮރިން މިނިސްޓަރު ހަލީލުގެ އަރިހުގައި، މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާއާއި ޕޮލިޓިކަލް ޑިރެކްޓަރު ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

dr abdulla khaleel

ވާޖިބަށް ހުރަސްއެޅުމުންވެސް ފުލުހުން އަމަލުކުރީ ގާނޫނީ އިމުގެ ތެރެއިން: ޑރ.ހަލީލު

121

ފޯޅައްވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ސަފީރު ވިދާޅެއް ނުވޭ: ޚާރިޖީ ވަޒީރު

dr khaleel

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ސަރުކާރުން އަންނަނީ ގާތުން ބަލަމުން: ޑރ. ޚަލީލް

TTH_advertisement