ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް އެދިވަޑައިގެންނެވި ގޮތަށް ހައްޖުވެރިންގެ ޑެބިޓު ކާޑުގެ ލިމިޓު 2،000 ޑޮލަރަށް ބީއެމްއެލްއިން އިތުރުކޮށްދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވި ގޮތަށް ހައްޖުވެރިންގެ ޑެބިޓު ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތްކުރެވޭނެ މިންވަރު 2،000 ޑޮލަރަށް އިތުރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނުވަނީ މިހާރު ޑެބިޓު ކާޑުތަކުގެ ލިމިޓުގެ ގޮތުގައި ކަނޑައަޅާފައިވާ 250 ޑޮލަރުގެ ލިމިޓުގެ އިތުރަށް 1،750 ޑޮލަރުގެ ލިމިޓެއް ހައްޖުވެރިންގެ ބީއެމްއެލް ކާޑުތަކަށް ހަމަޖައްސައިދެއްވުމަށް އެ ކުންފުނީގައި އެދިވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.

ފާއިތުވި ރަމަޟާން މަހު އުމްރާއަށް ދިޔަ އުމްރާވެރިންނަށްވެސް އެމަނިކުފާނު އެދިވަޑައިގެން ބީއެމްއެލްއިން މިހާރު އެ ބޭންކުން ޑެބިޓު ކާޑުތަކަށް ކަނޑައަޅާފައިވާ ލިމިޓުގެ އިތުރަށް 1،500 ޑޮލަރުގެ ލިމިޓެއް އިތުރުކޮށްދިނެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މިހާރު ޑެބިޓު ކާޑުތަކަށް މަހެއްގެ މައްޗަށް ލިމިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ 250 ޑޮލަރުގެ ލިމިޓުގެ އިތުރަށް ހައްޖުވެރިންނަށް 1،750 ޑޮލަރު ލިބޭނެއެވެ. އެއާއެކު ކާޑުން 2،000 ޑޮލަރުގެ މުއާމަލާތްކުރެވޭނެއެވެ.

އޭގެ އިތުރަށް އެއާޕޯޓުން ބީއެމްއެލްއިން ރަސްމީ ރޭޓުގައި ރާއްޖެއިން ފުރާ ކޮންމެ ދިވެއްސަކަށް ދޫކުރާ 500 ޑޮލަަރު ހައްޖުވެރިންނަށްވެސް ވިއްކަމުންދާނެއެވެ.

ހައްޖުވެރިންނަށް ލިމިޓު އިތުރުކޮށްދޭނީ ހައްޖު ކޯޕަރޭޝަނުން އެ ކުންފުނީގެ ހަވާލުގައި މި އަހަރު ހައްޖަށް ފުރާ ހައްޖުވެރިންގެ ލިސްޓު ބޭންކަށް ފޮނުވުމުންނެވެ.

މި އަހަރު ހައްޖަށް ދާ ފަރާތްތަކުގެ ޖުމްލަ އަދަދު އަދި ކަނޑައަޅާފަައިނުވާއިރު، ސަރުކާރުންވަނީ 2025 ވަނަ އަހަރު ހައްޖަށް ދިއުމަށް ކޯޕަރޭޝަނުގެ ވެއިޓިން ލިސްޓުގައި ޖެހިފައި ތިބި އެންމެނަށް ހައްޖަށް ދެވޭނެކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލީ ޒާހިރު
ލިބިއްޖިއްޔާ ކިތައްމެ ހާވެސް ރަގަޅު، ޝައްކު
އ އަލީ
އަދި ކިރިޔާ ހަމަނޭވާ މިލެވުނީ،
އ އަހުމަދު
ރައްޔިތުންގެ ރައީސުންނަކީ މިއީ އިގޭތޯ، ކިހާ ހާލެއްގައި ރައްޔިތުން އުޅުނީ ޑޮލަރު ނުލިބިގެން، މިހާރު މިދަނީ ރަގަޅަށް ، ކުރިޔަށް އަދިވެސް ބާރަށް ކުރިޔަށް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ