ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

އިންޑިއާ އާއި ޕާކިސްތާނުން “ހަނގުރާމަ” ހުއްޓާލާނެބާ؟

އިންޑިއާ އާއި ޕާކިސްތާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ. ސުވާލަކީ އިންޑިއާ އާއި ޕާކިސްތާނުން “ހަނގުރާމަ” ހުއްޓާލާނެބާ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާ އާއި ޕާކިސްތާނުން “ވަގުތުން ހަނގުރާމަ ހުއްޓާލުމަށް” އެއްބަސްވެފައިވާ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ އިންޑިއާ އާއި ޕާކިސްތާނުގެ ސަރުކާރުތަކުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި މަޝްވަރާތައް ފެށުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާނުކުރެއްވުމާ ގުޅިގެން އުފާވެވަޑައިގަންނަވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ރޫބިއޯ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެމަނިކުފާނާއި ނައިބު ރައީސް ޖޭޑީ ވެންސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މީގެ ތެރޭގައި އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އާސިމް މުނީރު، އަދި ދެ ޤައުމުގެ ޤައުމީ ސަލާމަތީ ލަފާދޭ ފަރާތްތައް ކަމުގައިވާ އަޖިތު ޑޯވާލް އާއި އާސިމް މަލިކް ހިމެނެއެވެ.

އަދި ސުލްހަވެރި ހައްލެއް އިޚްތިޔާރު ކުރުމުގައި ބޮޑުވަޒީރު މޯދީ އާއި ޝަރީފްގެ ޙިކުމަތްތެރިކަމާއި ދުރުވިސްނުންތެރިކަމަށް ތަޢުރީފު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޕާކިސްތާނުން ވަނީ އިންޑިއާއާއެކު ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އެ ޤައުމުގެ ޚާރިޖީ ވަޒީރު އިސްހާގު ދާރު މިކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޕާކިސްތާނާއި އިންޑިއާއިން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އިންޑިއާއިންވެސް ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވެފައިވަނީ ޕާކިސްތާނުގެ ޑިރެކްޓަރ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް މިއަދު މެންދުރުފަހު އިންޑިއާގެ ޚާރިޖީ ވަޒީރަށް ގުޅުއްވައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

“އެއްގަމާއި ވައިގެ މަގުންނާއި ކަނޑުމަތީގެ ހަނގުރާމަތަކާއި އަސްކަރީ އޮޕަރޭޝަންތައް މިއަދު ހުއްޓާލުމަށް ދެ ފަރާތުގެ މެދުގައި އެއްބަސްވެވުނު،” މިސްރީ ކުރު ބަޔާނެއްގައި ވިދާޅުވިއެވެ.

އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވަނީ އިންޑިއާއިން ބަލަހައްޓާ ކަޝްމީރުގެ ސަރަހައްދުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ފަތުރުވެރިންތަކެއް މަރާލުމާ ގުޅިގެން އަވަށްޓެރި ދެ ޤައުމުގެ މެދުގައި ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އާއި ޕާކިސްތާނުން ކޮންމެ ޤައުމަކުންވެސް ކަޝްމީރުގެ ބައެއް ސަރަހައްދުތައް ބަލަހައްޓާ އިރު، އެ ސަރަހައްދުގައި މީގެ ކުރިން ތިން ހަނގުރާމައެއް ހިންގާންގާފައިވެއެވެ. ކަޝްމީރަކީ މުޅި ދުނިޔޭގައިވެސް އެންމެ އަސްކަރީ ގޮތުން ހަރަކާތްތެރިވާ އެއް ސަރަހައްދެވެ.

މި ޚަބަރަކީ ދެ ޤައުމުގެ މެދުގައި އޮތް ގިނަ ދުވަސްވީ ހަނގުރާމަވެރި މާޙައުލަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިދާނެކަމުގެ އުންމީދު އާކޮށްދޭ ކަމެކެވެ. ނަމަވެސް، މި އެއްބަސްވުމުގެ ދެމިހުރުމާއި ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުކުރުމަށް ދެ ޤައުމުން ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ގިނައެެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ކަމަށް ދެއްވާ ސަމާލުކަމާއި އެހީތެރިކަމަކީ މި ސަރަހައްދުގެ ދެމެހެއްޓެނިވި ސުލްޙަ އަދި ސަލާމަތަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.

އިންޑިއާ އަދި ޕާކިސްތާނުގެ ހަމަނުޖެހުން އިތުރުވެ ބޮޑު ހަނގުރާމައެއް ފެށިއްޖެނަމަ އެއީ މިސަރައްދުގެ އިތުރަށް ދުނިޔޭގެ ހުރިހާ ހިސާބުތަކަށްވެސް ދަތި އުދަގޫތަކެއް ކުރިމަތި ވެދާނެ ބޮޑު މައްސަލައަކަށް ވެގެންދާނެއެވެ، އެހެން ކަމުން މިހަނގުރާމަ ހުއްޓުވުމަށް “ބާރު” ތަކުގެ އިތުރު ޝައުގުމެރި ކަމެއް ހުރުމަކީ އަޖާބެއް ނޫނެއެވެ. އެހެންކަމުން މިހަނގުރާމަ އިތުރަށް މިވަގުތު ވަރުގަދަ ވުމަކީ ނާދިރު ކަމެކެއް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 07 31 at 11.30.44

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ޑޮކްޓަރީ ބޭހުގެ އަގު ރައްޔިތުން އަތްފޯރާފަށަށް ގެނައުމަށް އިންޑޮނޭޝިޔާގެ އަސްކަރިއްޔާއިން ބޭސް އުފައްދަން ފަށަނީ

އިސްރާއީލާ ދެކޮޅަށް ވިޔަފާރިއާއި، ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅު އެޅި ޔޫރަޕްގެ ފުރަތަމަ ގައުމަކަށް ސްލޮވީނިއާ

Bml

ބޭސްފަރުވާއަށް ބޭރަށް ފުރާ ބަލިމީހުންނަށް މީގެފަހުން 2،000 ޑޮލަރު ވިއްކާނެ: ބީއެމްއެލް

ELL Mobile Advertisement TTH_advertisement