ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ފަށައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްއަކީ، ކަމާ ގުޅުންހުރި އެންމެހައި އިދާރާތައް ހިމެނޭގޮތަށް ބޭއްވޭ މިބާވަތުގެ ފުރަތަމަ ކޮންފަރެންސެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވަނީ މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، އިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލު ހޯދުމާއި، މި ދާއިރާގައި ހިއްސާވާ އެކި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުގެ މެދުގައި ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުން ހިމެނެއެވެ.

މި ކޮންފަރެންސްގައި، މި ދާއިރާއާ ގުޅުންހުރި އަށް ދިރާސީ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ކަމާ ގުޅުންހުރި އިދާރާތަކާއި، ކޮލެޖު އަދި ޔުނިވަރސިޓީތަކުން ހުށަހަޅާ ޕޭޕަރުތައް ހިމެނެއެވެ. އަދި މީގެ އިތުރުން، ދެ ކީނޯޓް ސްޕީކަރުން ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

ދިވެހިރާއްޖޭގެ ޖުވެނައިލް ޖަސްޓިސް ނިޒާމު ބިނާވެފައިވަނީ ރިހެބިލިޓޭޝަން، ރީއިންޓެގްރޭޝަން އަދި ރިސްޓޯރޭޓިވް ޖަސްޓިސްގެ އުސޫލުތަކުގެ މައްޗަށެވެ. މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ކުށް ތަކުރާރުކުރުން ހުއްޓުވުމާއި، ކުށްވެރިން އަނބުރާ މުޖުތަމަޢަށް ގެނައުމެވެ. ނަމަވެސް، ކުށް ހުއްޓުވުމާއި، ޑައިވާޝަން ޕްރޮގްރާމްތަކާއި، ރިހެބިލިޓޭޝަންގެ ޚިދުމަތްތަކާއި، ބަންދު ނޫން އެހެނިހެން ފިޔަވަޅުތައް އެޅުން ފަދަ ދާއިރާތަކުގައި ގިނަގުނަ ގޮންޖެހުންތައް ދިމާވަމުންދެއެވެ.

ޒުވާން ކުށްވެރިން ކާމިޔާބުކަމާއެކު އަލުން މުޖުތަމަޢަށް އަހުލުވެރިކުރުވުމަކީ ގިނަ ދާއިރާތަކެއްގެ މަސައްކަތް އެކުގައި ކުރަންޖެހޭ ކަމެކެވެ. އަދި މިކަމުގައިވެސް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

472996 230f9afc 2

ގައިޑް ޙަރަކާތަކީ ފަރުދީ ޝަޚްޞިއްޔަތުގެ އިތުރަށް، އިޖުތިމާޢީ ޝަޚްޞިއްޔަތާވެސް ގުޅިލާމެހިފައިވާ ޙަރަކާތެއް: ފަސްޓް ލޭޑީ

Big DjDlx6dtz3G7mo6BeMatG2VTL

އިސްލާމީ ޤައުމެއްގެ ގޮތުގައި، 9 ޤަރުނު ހޭދަކުރުމަކީ ބޮޑު ފަޚުރެއް: ފަސްޓު ލޭޑީ

470162 6db2f94a 3

އީޖާދެއްގެ ފެށުން އަންނަނީ ޝައުގުވެރިކަމާއި އިލްމު ގުޅުމުން: މެޑަމް ސާޖިދާ

saajida

ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ހާލަތަށް ފަރުވާތެރިވާން ޖެހޭނެ: ސާޖިދާ