ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

“މޯލްޑިވްސް 2.0” އަކީ ސިޔާސީ ކުރުމުގެ ބަދަލުގައި ގައުމީ ތަރައްގީއަށް އެންމެން އެއްބާރުލުންދޭން ޖެހޭ މުހިންމު މަސައްކަތެއް: ސައީދު

Saeeed

ސަރުކާރުގެ “މޯލްޑިވްސް 2.0” މަޝްރޫއަކީ ސިޔާސީ ކުރުމުގެ ބަދަލުގައި ގައުމީ ތަރައްގީއަށް ޓަކައި ހުރިހާ ފަރާތްތަކުން އެއްބާރުލުންދޭން ޖެހޭ މުހިންމު މަސައްކަތެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް 2.0 އާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން މުޅި ގައުމަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

ސައީދު ވިދާޅުވީ، ދައުލަތާއި ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، “ބިއުރޮކްރަސީ”ގެ ސަބަބުން ނިޒާމުގައި ހުރި އުނދަގޫތައް ނައްތާލުމަކީ ތަރައްގީއަށް ރާއްޖެ ކުރާ މަސައްކަތުގައި ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

އެގޮތުން އެ ކަންކަމުގައި ދުނިޔޭގައި ނަމޫނާ ދައުރެެއް އަދާކުރަމުންދާ އެސްޓޯނިއާގެ ތަޖުރިބާ ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިއްމަވައި އެކަން ތަންފީޒުކުރަން “މޯލްޑިވްސް 2.0″ގެ ނަމުގައި ފެއްޓެވީ މުހިއްމު ގައުމީ މަސައްކަތްޕުޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން، 2040ވަނަ އަހަރު އައްނަންވާއިރު ހުރިހާ މާނައެއްގައި ތަރައްގީވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ހެއްދެވުމުގެ ވިޝަންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވީ ވަރަށް ވެސް ބޭނުންތެރި މަސައްކަތެއް ކަމަށް ސައީދު ވިދާޅުވިއެވެ.

“2040 ވަނަ އަހަރު އަންނަންވާއިރު ހުރިހާ މާނައެއްގައި ތަރައްގީވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ހެއްދެވުމުގެ ވިޝަންގައި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މި މަސައްކަތަކީ ވަރަށް ވެސް ބޭނުންތެރި މަސައްކަތެއް. މިކަމުގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާވުމުގެ އިތުރަށް ވިޔަފާރި އާއި އިންވެސްޓްމަންޓް އަދި ޖުމްލަކޮށް އިގްތިސާދަށް ގިނަ ފައިދާތަކެއް ކުރާނެ.” ސައީދު ވިދާޅުވިއެވެ.

މިފަދަ ކަންކަން ސިޔާސީ ކުރުމުގެ ބަދަލުގައި ގައުމީ ތަރައްގީއަށް އެއްބާރުލުންދީ މަރުހަބާކިޔުމަކީ މުޅި ގައުމަށް ލިބިގެންދާނޭ ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

Izaam

ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ

Izaam

ކުރިއަށްއޮތީ ކުދި ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ ދުވަސްތަކެއް: ސައީދު

ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

TTH_advertisement