ކުއްލި ޚަބަރު

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

2028 އިން ފެށިގެން މުވައްޒަފުންނަށް “ވޯކް ފްރޮމް ހޯމް” އުސޫލެއް

Gqhakwnbaaakt4n
“ދިވެހިރާއްޖެ 2.0″ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ — ފޮޓޯ: ރައީސް އޮފީސް

ޑިޖިޓަލް ބަދަލުތަކާއެކު އުންމީދަކީ 2028 ވަނަ އަހަރުން ފެށިގެން ސަރުކާރު މުވައްޒަފުންނަށް “ވޯކް ފްރޮމް ހޯމް” ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އުސޫލެއް ކަނޑައެޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

“ދިވެހިރާއްޖެ 2.0″ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން، ތިންބައިކުޅަ އެއްބައި މުވައްޒަފުންނަށް ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ވޯކް ފްރޮމް ހޯމް އުސޫލުގެ ދަށުން މަސައްކަތްކުރެވޭނެ ކަމަށެވެ.

ނަމަވެސް އެ އުސޫލުގެ ތެރެއިން އޮފީހަށް ނުކުމެ ވަކި ވަގުތެއް ހަމަކުރަން ޖެހޭ ގޮތަށް ކަނޑައެޅޭނެ ކަމަށާއި އެއީ ނަތީޖާ ނެރެވޭނެ އުސޫލެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި ހިދުމަތްދިނުމުގައި އޮފީހަށް ނުކުންނަން ޖެހޭ މުވައްޒަފުން އޮފީހަށް ނުކުންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިރޭ ފެށިގެން މިދިޔައީ ވަރަށް އުންމީދީ ދަތުރެއް ކަމަށާއި މިއީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ފަށާ ފެށުމެއް ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން މިއަހަރު ރައްޔިތުންގެ މަޖިލީހުން އެކަމަށް ބޭނުންވާ ގާނޫނުތަކެއް ފާސްކުރެވިގެންދާނެ ކަމަށެވެ.

ތަރައްގީގެ ރާސްތާއަށް ދަތުރުކުރުމަށް ގައުމުގައި ހުރި އެކިއެކި މައްސަލަތައް ހައްލުކުރުން ހިމެނޭ ކަމަށާއި އޭގެ ތެރެއިން ގައުމުގައި އޮތް އެންމެ ބޮޑު ވަބާ، ކޮރަޕްޝަންގެ ވަބާ ވެސް ހިމެނޭ ކަމަށެވެ. ހިދުމަތް ދިނުމުގެ ތެރޭގައި އަދި ޖުމުލަކޮށް މުޅި ނިޒާމުގެ ތެރޭގައި އެ ވަބާ އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަންގެ ވަބާއިން ގައުމު ސަލާމަތްކުރެވޭނީ މުޅި ނިޒާމު ބަދަލުކޮށްގެން ކަމަށާއި އެ ވަބާއިން ސަލާމަތްވެވޭނީ ހިދުމަތްތައް ޑިޖިޓަލްކުރި މިންވަރަކުން ކަމަށެވެ. އަދި އެ މަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ގުޅިގެން މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

“ދިވެހިރާއްޖެ 2.0” އަކީ ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާހުކުރާ ޕްރޮގްރާމެކެވެ. އެއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށްއޮތް ތިން އަހަރަށް ހިންގާނެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

police

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް މުޅިން ނިންމައި، 64 މަޝްރޫޢެއް އަލަށް ފެށި

ELL Mobile Advertisement TTH_advertisement