ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮރަޕްޝަންގެ ވަބާއިން ގައުމު ސަލާމަތްކުރެވޭނީ ނިޒާމުތައް ޑިޖިޓަލްކުރާ މިންވަރަކުން: ރައީސް

Gqhakxkx0aahccr
“ދިވެހިރާއްޖެ 2.0″ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ — ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަންގެ ވަބާއިން ގައުމު ސަލާމަތްކުރެވޭނީ ނިޒާމުތައް ޑިޖިޓަލްކުރާ މިންވަރަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

“ދިވެހިރާއްޖެ 2.0″ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިރޭ ފެށިގެން މިދިޔައީ ވަރަށް އުންމީދީ ދަތުރެއް ކަމަށާއި މިއީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ފަށާ ފެށުމެއް ކަމަށެވެ.

ތަރައްގީގެ ރާސްތާއަށް ދަތުރުކުރުމަށް ގައުމުގައި ހުރި އެކިއެކި މައްސަލަތައް ހައްލުކުރުން ހިމެނޭ ކަމަށާއި އޭގެ ތެރެއިން ގައުމުގައި އޮތް އެންމެ ބޮޑު ވަބާ، ކޮރަޕްޝަންގެ ވަބާ ވެސް ހިމެނޭ ކަމަށެވެ. ހިދުމަތް ދިނުމުގެ ތެރޭގައި އަދި ޖުމުލަކޮށް މުޅި ނިޒާމުގެ ތެރޭގައި އެ ވަބާ އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަންގެ ވަބާއިން ގައުމު ސަލާމަތްކުރެވޭނީ މުޅި ނިޒާމު ބަދަލުކޮށްގެން ކަމަށާއި އެ ވަބާއިން ސަލާމަތްވެވޭނީ ހިދުމަތްތައް ޑިޖިޓަލްކުރި މިންވަރަކުން ކަމަށެވެ. އަދި އެ މަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ގުޅިގެން މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

“ދިވެހިރާއްޖެ 2.0” އަކީ ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާހުކުރާ ޕްރޮގްރާމެކެވެ. އެއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށްއޮތް ތިން އަހަރަށް ހިންގާނެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް