ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެރިކަލްޗާ ދާއިރާއިން ބޮޑު އާމްދަނީއެއް ލިބުމުގެ ފުރުސަތު އެބައޮތް: ޝިޔާމް

ޮ

މެރިކަލްޗަރ ދާއިރާގައި މެރިކަލްޗަރ ދާއިރާއިން ބޮޑު އާމްދަނީއެއް ލިބޭނެ ފުރުޞަތު އެބައޮތްކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ،ރޭ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

މެރިކަލްޗަރ ސިނާޢަތަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް މިހާރުވެސް 4 ސަރަޙައްދެއް ކަނޑައަޅުއްވާފައިވާކަމަށެވެ. އެ 4 ސަރަހައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ.އަތޮޅާއި މ.އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް މިކަމަށް ވަނީ ކަނޑައަޅާފައެވެ.

މެރިކަލްޗަރ ކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅިފައިވާއިރު މި ސަރަހައްދުތަކުގައި މެރިކަލްޗަރ ކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ލޭންޑް އެކުއިޒިޝަނަށް ފައިސާގެ އިތުރުން، ފުރަތަމަ 3 އަހަރުގެ ބިމު ކުލިވެސް ނުނަގާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު މި މަސައްކަތަށް ބޭނުންވާ ވަޞީލަތްތައް ރާއްޖެ އެތެރެކުރުމަށް ޑިއުޓީ މާފުވެގެންދާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މެރިކަލްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަަސައްކަތްތަކެއް ކުރަމުންދާއިރު، މި މަސައްކަތުގެ ނަފާ އެންމެ އެދެވޭ ގޮތެއްގައި ލިބިގެންދާނީ މި މަސައްކަތް ކުރާނެ ޤާބިލް ދިވެހި ދަރީންތަކެއް ތަމްރީނުކޮށްގެންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ހުޅުމާލޭގައި ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާ އަޅައި މި އަހަރު ޚިދުމަތް ދޭން ފަށަނީ

shiyam minister

މެނިފެންސްޓޯ ތަންފީޒްކުރުމަށް މުހިންމީ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް: ޝިޔާމް

66

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

990

މިނިސްޓަރު ޝިޔާމާ ބައްދަލުވުމުން ލިބުނީ ޕޮޒިިޓިވް ޖަވާބެއް، މަސްވެރިން ތިބީ އުފަލުން!