ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

މުލީ އެއާޕޯޓަށް މޯލްޑިވިއަނުން ދަތުރުތައް ފަށަނީ، ޓިކެޓެއް 1377 ރުފިޔާއަށް

51362324 10155713772127583 8080561078536241152 n
މޯލްޑިވިއަންގެ ފުލައިޓެއް — ފޮޓޯ: މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަނުން މ. މުލީ އެއާޕޯޓަށް މިމަހުގެ 17 ގައި ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މުލީ އެއާޕޯޓު ތަރައްގީކޮށް ނިންމައި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން އެ އެއާޕޯޓު އާންމު ދަތުރުތަކަށް ހުޅުވާލާފައިވަނީ އިއްޔެއެވެ. އެގޮތުން ޑޮމެސްޓިކް އުދުހުންތައް އޮޕަރޭޓު ކުރާ މޯލްޑިވިއަން، ވިލާ އަދި މަންތާއަށް ފުރުސަތު ހުޅުވާލިއެވެ.

މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިމަހުގެ 17 ގައި މާލެ އިން މުލީ އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށާއި އެއްކޮޅު ޓިކެއްޓެއްގެ އަގަކީ 1377 ރުފިޔާ ކަމަށެވެ.

މޯލްޑިވިއަނުން މިމަހު މުލީ އެއާޕޯޓަށް ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކު ދަތުރުތައް ކުރާގޮތަށެވެ. ކޮންމެ ހޮނިހިރު ދުވަހެއްގެ މެންދުރުފަހު 3:30 ގައި މާލެއިން ފުރާ އިރު، މުލިން ފުރުމަށް ހަމަޖެހިފައިވަނީ ހަވީރު 4:45 ގައެވެ.

މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު، މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މިދިޔަ މަހުގެ 25 ވަނަ ދުވަހު ޓެސްޓު ފުލައިޓު ވެސް ވަނީ ޖައްސައިފައެވެ. އެ އެއާޕޯޓަކީ 2021 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރަން ފެށި އެއާޕޯޓެކެވެ. އެ އެއާޕޯޓުގައި 1.5 ކިލޯމީޓަރުގެ ރަންވޭއެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހުދުހުދު
ހެޔޮ ނުވާނެ ތިހާއަގުހެޔޮކޮށް މާލެއިން މުއްޔަށް ދަތުރު ބާއްވާކަށް....އަޅެ ހަމަހޭ އެބަހުރިތަ.? ސްޕީޑް ލޯންޗްގައި 200 ރުފިޔާ.

ގުޅުންހުރި

Maldivian

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށަނީ

މޯލްޑިވިއަނުން ޑާކާއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

B 202507231026431753248403.0421

މޯލްޑިވިއަނުން ޖިއްދާއަށް 20 ފްލައިޓް

TTH_advertisement