ކުއްލި ޚަބަރު

އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓް

މާލޭ ސިޓީ ކައުންސިލުން ހަ މަސް ތެރޭގައި 4،500 ގަސް އިންދައިފި

ރާއްޖޭގެ އޭއައި އެސެސްމެންޓް ރިޕޯޓް އިފްތިތާހް ކޮށްފި

ރާއްޖެއަށް ހެޔޮއަގުގައި ބޭސް ހޯދަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

93

ރާއްޖެއަށް ހެޔޮ އަގުގައި މެދުނުކެނޑި ބޭސް ފޯރުކޮށްދިނުމަށް އެސްޓީއޯއިން، އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑް އާއެކު ސޮއިކޮށްފިއެވެ.

އެސްޓީއޯއިން ބުނީ، މި އެއްބަސްވުމަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އެގޮތުން، ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް މި އެއްބަސްވުމުގެ ދަށުން ހަމެޖެހޭނެ ކަމަށާއި މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށްވާއިރު، ހުރިހާ ބޭހެއްވެސް ލިބެން ހުންނާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

އޭގެއިތުރުން، ކޮވިޑް-19ގެ ތެރޭގައި، އެޗްއެލްއެލްއިން އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، ހާލަތު ދަތިވެފައިވާ ވަގުތެއްގައި އިތުބާރުހުރި ޚިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓް

112

މާލޭ ސިޓީ ކައުންސިލުން ހަ މަސް ތެރޭގައި 4،500 ގަސް އިންދައިފި

112

ރާއްޖޭގެ އޭއައި އެސެސްމެންޓް ރިޕޯޓް އިފްތިތާހް ކޮށްފި

398785 939f3473 1

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންފި

TTH_advertisement ELL Mobile Advertisement