ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާކިސްތާނުން ހަމަލާދެނީއޭ ކިޔައި އިންޑިއާއިން ފަތުރަނީ ހަދަހަދައިގެން ދޮގު ވާހަކަތައް: ޕާކިސްތާނު އަސްކަރިއްޔާ

ޕާކިސްތާނުން މިސައިލާއި ޑްރޯން ބޭނުންކޮށްގެން އިންޑިއާއިން ވެރިކަންކުރާ ޖައްމޫ އެންޑް ކަޝްމީރުގެ އެކި ހިސާބުތަކަށް ހަމަލާތައް ދެމުންގެންދާ ކަމަށް ބުނެ އިންޑިއާއިން “ހަދަހަދައިގެން” ދޮގު ވާހަކަތައް ފަތުރައި މަސްރަހް އިތުރަށް ހޫނުކުރަން މަސައްކަތް ކުރާ ކަމަށް ބުނެ ޕާކިސްތާނު އަސްކަރިއްޔާއިން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު އަހްމަދު ޝަރީފް ޗައުދަރީ ވިދާޅުވީ، އިންޑިއާއިން ތުހުމަތުކުރާ ފަދަ އެއްވެސް ހަމަލާއެއް ޕާކިސްތާނުން ނުދޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އިއްޔެއިން ފެށިގެން އިންޑިއާގެ 15 ސަރަހައްދަކަށް ޕާކިސްތާނުން ހަމަލާ ދީފައިވާ ކަމަށް ބުނެ އިންޑިއާއިން ދޮގު ވާހަކަތައް ފަތުރަމުންގެންދާ ކަމަށެވެ.

މިއީ ހަދަހަދައިގެން ދައްކާ ދޮގު ވާހަކަތަކެއް ކަމަށާއި، އިންޑިއާގެ މިފަދަ ވާހަކަތަކަކީ “ހިނިއަންނަ” ވާހަކަތަކެއް ކަމަށްވެސް، ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު އަހްމަދު ޝަރީފް ޗައުދަރީވަނީ، އިންޑިއާ ސަރުކާރާއި، އިންޑިއާ އަސްކަރިއްޔާ އޮތީ 18 ވަނަ ގަރުނުގައިތޯ ނުވަތަ 21 ވަނަ ގަރުނުގައިތޯ ސުވާލު ކުރައްވާފައެވެ.

އެމީހުން ތިބީ 21 ވަނަ ގަރުނުގައި ކަމަށް ވާނަމަ، ޕާކިސްތާނުން ފޮނުވާލާ ހަމަލާއެއް ޑިޖިޓަލްކޮށް ޓްރޭސް ކުރެވޭނޭ ކަމަށާއި، ހަމަލާއެއް އަމާޒުވި ތަނެއްވެސް އެނގޭން އޮންނާނެ ކަމަށް، ތަރުޖަމާނު ވިދާޅުވިއެވެ.

އެކަމަކު، އިންޑިއާއިން ޕާކިސްތާނުގެ އެތައް ތާކަށް ޑްރޯން ހަމަލާތައް ދީފައިވާކަމަށް، އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ. ޕާކިސްތާނުން ވައްޓާލާފައިވާ އެތައް ޑްރޯންއެއްގެ ފޮޓޯތައް، ތަރުޖަމާނު ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

އެމެރިކާއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ނަޝީދު ފާޑުވިދާޅުވެއްޖެ

ނިއުދިއްލީގެ މަސް މާރުކޭޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ، ސަރުކާރުގެ ބަހެއް އަދިނެތް

ޕާކިސްތާނުން އަފްގާނިސްތާނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފި

އެމެރިކާގެ ފުރިހަމަ ތާއީދު ޕާކިސްތާނަށް: ޕާކިސްތާނުން ކަންތައް ކުރަނީ ވަރަށް ރަނގަޅަށް – ޓްރަމްޕް