ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މައާފް ކޮށްދެނީ

ކަސްޓަމަރުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފް ކޮށްދިނުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ވިދާޅުވީ،މި ޕްރޮގްރާމާއި ގުޅިގެން، އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، މިދިޔަ އަހަރުގ ޑިސެމްބަރު 31ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފްކޮށް ދެވޭނެ ކަމަށެވެ.

މިގޮތުން، ޖޫރިމަނާ މައާފްކޮށްދެވޭނީ އެ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ މި އަހަރުގެ ޑިސެމްބަރު 31 އާއި ދެމެދު އެއްކޮށް ދައްކާ ހަލާސް ކުރާ ކަސްޓަމަރުންނަށް ކަމަށް އެ ކުންފުނިން ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން އެ ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސް ކުރުމަށް އެދޭ ކަސްޓަމަރުންނަށް، އެ އިންތިޒާމް ހަމަޖައްސަ ދެވޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ވިދާޅުވެފައި ވެއެވެ. އަދި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާ ހަލާސް ކުރުމުން ކަމަށްވެސް އެ ކުންފުނިން ވިދާޅުވެފައި ވެއެވެ.

އެމްޑަބްލިއުއެސްސީން ވަނީ އެކަމުގައި އެހީތެރިކަމެއް ނުވަތަ އިތުރު މައުލޫމާތެއް ބޭނުންވާނަމަ، އެ ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅައިގެން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ނޫނީ ނުވަތަ [email protected] އަށް މެއިލް ކޮށްގެން ލިބޭނެ ކަަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީ.ޕޯރޓަލް އަދި އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކާގެން މިފަހަރުވެސް ޢުމްރާ ދަތުރެއް

“އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ” މި އަހަރުވެސް އިފްތާރް މީލް ޕެކް ބަހަނީ

މާފުށީގައި އައު ނަރުދަމާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

mwsc matheen

އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް: މަތީން