ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުލީ އެއާޕޯޓު އާއްމު ދަތުރުތަކަށް ހުޅުވާލައިފި

މުލރރ

މ. މުލީ އެއާޕޯޓު އާއްމު ދަތުރުތަކަށް ހުޅުވާލައިފިއެވެ.

މުލީ އެއާޕޯޓްގެ މަސައްކަތް ނިންމައި، ޓެސްޓު ފްލައިޓް ޖެއްސީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދަތުރަށްފަހު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނެފައި ވަނީ މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައެވެ. ނަމަވެސް ރަސްމީކޮށް އެއާޕޯޓު ހުޅުވުން ވަނީ ކެންސަލްކޮށްފައެވެ.

މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓްގެ ގޮތުގައި ޖެއްސީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.

ރީޖަނަލް އެއާޕޯޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ 2021 ވަނަ އަހަރު އޮގަސްޓް މަހު ތަރައްޤީ ކުރަން ފެށިގެން މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް ކަމަށްވާ، މުލި އެއާޕޯޓްގެ މަސައްކަތް ނިމ،ި ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް، ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރަމުން އަންނަ އެއާލައިންތައް ކަމަށްވާ މޯލްޑިވިއަން، ވިލާ އެއާ އަދި މަންޓާއަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މުލީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ސަރުކާރުން 300 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހޭދަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު