ކުއްލި ޚަބަރު

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

އޮރެންޖުހިޔާގައި ޤާއިމުކުރެވުނު ތެލަސީމިއާ ސެންޓަރު ސިއްޙީ ވުޒާރާއާ ޙަވާލުކުރެވިއްޖެ

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އުއްތަމަ ސެނާނީ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ހުޅުމާލޭ އޮރެންޖުހިޔާގައި ތަރައްޤީކުރެވުނު ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ނިމި، އެ ސެންޓަރު ސިއްޙީ ވުޒާރާއާ ޙަވާލުކުރެވިއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޤައުމީ އިސްކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފައިންނާ ޙަވާލުކުރެއްވި މި މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. މީގެ އިތުރުން، އަލަށް ހުޅުވުނު އޮރެންޖުހިޔާގައި ސިފައިންގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ޙަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

ތެލަސީމިއާ ކުދިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށްޓަކައި ހުޅުމާލޭގައި އޮރެންޖުހިޔާ ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އެހެން ފަރާތަކާ ޙަވާލުކޮށްގެން އެކަށީގެންވާ ހަލުވިމިނެއްގައި ކުރިއަށް ނުދިއުމާ ގުޅިގެން، އެ މަސައްކަތް ޤައުމީ މަސައްކަތެއްގެ ގޮތުގައި ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެއް މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި، މި އަހަރުގެ ތެލަސީމިއާ ދުވަހު އެ ތަން ޚިދުމަތަށް ހުޅުވާނެ ކަމަށްވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަސައްކަތް ސިފައިންނާ ޙަވާލުކުރެއްވުމާ ގުޅިގެން، ސިފައިން މި މަސައްކަތް ފެއްޓެވީ މާރިޗު މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ކުރީގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސް، ކުޑަކުދިންނަށް ފަސޭހަވާނެ ގޮތަށް އިތުރު ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ސިފައިން ވަނީ ފާހަގަކުރައްވާފައެވެ. ސިފައިންގެ އެކި ޑިޕާޓްމަންޓުތަކުން މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާއިރު، މުޅި ޕްރޮޖެކްޓްގެ ހުރިހާ ކަމެއް ބެލެހެއްޓީ އެމްއެންޑީއެފްގެ ސަރވިސް ކޯގެ ބެލުމުގެ ދަށުން ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކުރައްވާފައެވެ.

ތެލަސީމިއާ ދުވަހާ ދިމާކޮށް، 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޢިމާރާތުގައި ދެމުން އައި ތެލަސީމިއާގެ ޚިދުމަތްމިހާރު ވަނީ ހުޅުމާލޭ އޮރެންޖުހިޔާއަށް ބަދަލުކުރެވިފައެވެ. އަދި މާލެއިން މި ޚިދުމަތް ހޯދުމަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން، އެމްޓީސީސީން ވަނީ އެ ސަރަޙައްދުގައި އިތުރު ބަސް ހުއްޓުމެއް ޤާއިމުކޮށްފައެވެ.

މި ބަދަލާއެކު، ތެލަސީމިއާ ބަލީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެ ފަރާތްތަކަށް ލިބޭ ފަރުވާ އަދި އެހީތެރިކަން އިތުރަށް ހަރުދަނާވަނާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. އޮރެންޖުހިޔާގައި ޤާއިމުކުރެވުނު މި އައު ތެލަސީމިއާ ސެންޓަރަކީ، ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތައް ލިބެންހުރި، ފަސޭހައިން ވާޞިލުވެވޭ މަރުކަޒަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ތެލަސީމިއާ ބަލީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ލުއިފަސޭހަކަން ލިބި، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. އަދި މި ކަމަކީ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

police

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް މުޅިން ނިންމައި، 64 މަޝްރޫޢެއް އަލަށް ފެށި

ELL Mobile Advertisement TTH_advertisement