ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޯހިޔާވަހިކަމުގެ ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

Large 174245095223f9ay
އެފްޑީސީން ހުޅުމާލޭގައި ތަރައްގީކުރާ ފުލެޓުތައް — ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.

މަޖިލިސް އިދާރާ އިން މިރޭ ނެރުނު އިއުލާނެއްގައި ބުނީ އެ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ، މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ އީމެއިލް އެޑްރެސް، [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދިނުމަށް އެދޭ ކަމަށެވެ.

އެ ބިލުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގެ ހުރިހާ ދިރިއުޅުމުގެ ބޭނުންތަކަށް ފުދޭ ރައްކާތެރި އަދި އެކަށީގެެންވާ ބޯހިޔާވަހިކަމަކަށް ވާސިލުވުމަށް ހުރި ފުރުސަތުތަކުގެ ބޭނުން، ފަސޭހަކަމާއެކު ހިފޭނެ ބޯހިޔާވަހިކަމުގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

އެ ނިޒާމުގެ ދަށުން ބޯހިޔާވަހިކަމަަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ދިރިއުޅޭނެ ތަންތަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެފަދަ ފަރާތްތަކަށް ހާއްސަކޮށް، ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުން ވެސް އެ ބިލުގެ ބޭނުމުގެ ގޮތުގައި ބިލުގައި ހިމަނާފައިވެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ފަރާތްތަކުން މަޝްރޫއުތައް ހިންގަނީ ޒިންމާދާރުކަމާއެކު ދެފުށްފެންނަ ގޮތަށްތޯ ބެލުމުގެ އުސޫލުތަކެއްގެ ދަށުން ކަންކަން ކަށަވަރުކުރުމަށްޓަކައި، ބޯހިޔާވަހިކަން ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓްރީކުރުމާ ގުޅޭ އުސޫލުތަކާއި އެފަދަ މަޝްރޫއުތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުންވެސް އެ ބިލުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އެކޮއި
ބޯހިޔާވަހިކަމަށް ޖެހިިފަތިބި މީހުން ބާކީކޮއްލާފަ މާލޭބޮޑެތި ބިލްޑިންގުތަށް ހުރިމީހުން އެއްމެއަވަހަޢް ސަރުުތުފުރިހަމަ ވާނީ ދެންފުރިހަމަވާނީ އެކަމައް ނަގާފަތިބޭ މެންބަރުންއާއިލާތަކަށް

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި