ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވާނުވާ ބަންދުގައި ތިބި މީހުން މޮނީޓާކުރެވޭނެ ގޮތަށް ދޫކޮށްދިނުމަށް ރައީސްގެ އަރިހުގައި އެދިއްޖެ

400740 53957b19 c
“ވާނުވާ ބަންދު” ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން އެކަމަށް ވަކާލާތުކުރައްވާ ބޭފުޅުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން — ފޮޓޯ: ރައީސް އޮފީސް

“ވާނުވާ ބަންދު” ގައި ތިބި މީހުން މޮނީޓާކުރެވޭނެ ގޮތަށް ދޫކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެއެވެ.

“ވާނުވާ ބަންދު” ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާއެކު ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުކުރެއްވުމުގައި “ވާނުވާ ބަންދު” ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ވިދާޅުވީ އެހެން ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވާ ވަރަށް މި ސަރުކާރުން ވާނުވާ ބަންދަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރައްވާ ކަމަށެވެ. އަދި މި ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތްކަމުގައި އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

އެ ބޭފުޅުން ވަނީ ސަރުކާރުން އެ މައްސަލައަށް ހައްލު ހޯދުމަށް ކުރައްވާ މަސައްކަތްތަކުގައި އެ ބޭފުޅުންގެ ހުރި ހިޔާލުތައް ހިއްސާކުރައްވައިފައެވެ. އެގޮތުން އެ ބޭފުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި “ވާނުވާ ބަންދު” ގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓާކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުސަތު ދެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އަދި އެފަދަ ފަރާތްތަކުގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް އިންސާނީ ކަރާމާތް ގެއްލޭފަދަ ކަންކަމަށް “ވާނުވާ ބަންދު” ގައި ތިބި ފަރާތްތައް ހުށަހެޅިފައިވާ ކަމަށާއި އިސްލާމްދީނުގައި މިކަންކަމަށް އޮންނަ ރިވެތި އުސޫލުތައްވެސް ފާހަގަކުރެއްވިއެވެ. އެގޮތުން އިހުސާންތެރިވުމަށާއި އަދުލުވެރިކަން އިސްކުރުމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާކަންކަން ވެސް މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއް ކަމަށެވެ. ޕްރޮސިކިއުޓާ ޖެނެރަލް އަދި އެޓަނީ ޖެނެރަލާ މަޝްވަރާކުރައްވައިގެން، މޮނިޓާކުރެވޭނެ ނިޒާމެއްގެ ތެރެއިން، އެއް ފުރުސަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ، ބައްލަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވަގުތީ ގޮތުންވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ. އަދި ޖަލުތަކުގެ ހާލަތު ބައްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، “ވާނުވާ ބަންދު” ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ވަނީ އެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެކަމަށް ބެލެވޭ ހައްލުތައް ހިމަނާފައިވާ ކަރުދާހެއްވެސް ރައީސަށް ހުށަހަޅުއްވައިފައެވެ. އެ ކަރުދާހުގައި “ވާނުވާ ބަންދު” ގެ ތަފާސް ހިސާބުތަކާއި، އެކި މައްސަލަތަކުގެ މައުލޫމާތު ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް