ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަމަލާތައް ހުއްޓާލުމަށް އެމެރިކާ އާއެކު ހެދި އެއްބަސްވުމުގައި އިސްރާއީލު ނުހިމެނޭ: ހޫތީ އަސްކަރިއްޔާ

އެމެރިކާގެ އުޅަނދުތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް އެމެރިކާއާއެކު ހެދުނު އެއްބަސްވުމުގައި އިސްރާއީލު ނުހިމެނޭ ކަމަށް، ޔަމަނުގެ ހޫތީންގެ ސަރުކާރުގެ އަސްކަރިއްޔާއިން ކަށަވަރު ކޮށްދީފިއެވެ.

ހޫތީންގެ އަސްކަރިއްޔާ، އަންސާރުﷲއިން ނެރުނު ބަޔާނެއްގައި އެމެރިކާ އާއެކު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ހެދިފައިވާކަން ކަށަވަރު ކޮށްދީފައި ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް އިއްޔެވަނީ ހަމަލާތައް ހުއްޓާލުމަށް ހޫތީންނާއެކު އެއްބަސްވުމެއް ހެދުނުކަން ކަށަވަރު ކޮށްދެއްވާފައެވެ. މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ އޮމާނުންނެވެ.

އަންސާރުﷲއިން ބުނީ، މި އެއްބަސްވުމަކީ، އެމެރިކާއިން ޔަމަނަށްދޭ ވައިގެ ހަމަލާތައް ހުއްޓާލުމަށާއި އަދި ހޫތީން އެމެރިކާގެ އުޅަނދުތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

ހަމަލާތައް ހުއްޓާލުމަށް އެމެރިކާއާއެކު އެއްބަސްވުން ހެދުމަށް ހޫތީންގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވި އިސް މަންދޫބު މުހައްމަދު އަބްދުއްސަލާމް ވިދާޅުވީ، އެއްބަސްވުމުގައި ހޫތީން އިސްރާއީލާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓާލުމާ ގުޅޭ އެއްވެސް ވާހަކައެއް، އެއްވެސް ސިފައެއްގައި ގެނެވިފައި ނުވާނޭ ކަމަށެވެ.

އަބްދުއްސަލާމް ވިދާޅުވީ، އެމެރިކާއިން ޔަމަނަށްދޭ ހަމަލާތައް ހުއްޓާލުމުން، އެއްބަސްވުންމަތީ ހޫތީން ތިބޭނޭ ކަމަށާއި، އެމީހުން އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ހަމަލާދެނީ އަމިއްލަ ދިފާއުގައި ކަމަށެވެ.

މިއަދުގެ ޖެނުއަރީން ފެށިގެން، ހޫތީން ރަތްކަނޑުން އެއްވެސް އުޅަނދަކަށް ހަމަލާ ދީފައެއް ނުވެއެވެ. އެކަމަކު، ބޯޓުފަހަރު ސަލާމަތް ކުރަން ކަމަށް ބުނެ އެމެރިކާ ސިފައިން ޔަމަނަށް ބޮންއަޅަން ފަށާފައިވަނީ މާޗްމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

އެމެރިކާއިން ޔަމަނަށްދޭ ހަމަލާތައް ހުއްޓާލުމަށާއި، ހޫތީން އެމެރިކާގެ އަސްކަރީ އުޅަނދުތަކަށްދޭ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހެދި ނަމަވެސް، ހޫތީންވަނީ ރަތްކަނޑުން އިސްރާއީލަށް ދަތުރުކުރާ ބޯޓުފަހަރަށް ހުރަސްއަޅާނޭ ކަމަށް ވައުދުވެފައެވެ.

ޣައްޒާގެ ހިސާރުދޫކޮށް، އިންސާނީ އެހީ އެތެރެކޮށް އަދި ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތައް އިސްރާއީލުން ހުއްޓާލަންދެން އޮޕަރޭޝަން ކުރިއަށް ގެންދާނޭ ކަމަށް ހޫތީން މިއަދުވެސް ވަނީ ވައުދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

މަތީފަންތީގެ ހާއްސަ މަޝްވަރާއަކަށް އެމެރިކާގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވަނީ

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ