ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ ޓެކްސީ ލައިންގައި އެކި ސައިޒްތަކުގެ ކާރު ހުންނާނެ: އަމީން

Majlis
MAJLIS

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށާއިރު އެކި ސައިޒުތަކުގެ ކާރު ހިމެނޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މާލޭގެ ކުދިކުދި މަގުތަކަށް ވަދެވޭ ސައިޒުގެ ކާރު ވެސް ސަރުކާރުގެ ޓެކްސީ ލައިންގައި ހިމެނޭނެ ކަމަށެވެ.

ސަރުކާރުގެ ޓެކްސީ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

މިނިސްޓަރު އަމީން ވަނީ ސަރުކާރުގެ ޓެކްސީ ލައިން ފެށުމުން އަމިއްލައަށް ޓެކްސީ ކުރާ މީހުންނަށް ގެއްލުން ނުވާނެ ކަމަށެވެ. ސަބަބަކީ ދެވަނަ ވަޒީފާއެއްގެ ގޮތުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިވުމާއި ދާއިމީކޮށް ޓެކްސީ ކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެތީ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތަކީ މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތަށް ބޭނުންވެފައި އޮތްލެއް ބޮޑުކަން. ވަރަށް ގިނަ ޝަކުވާތައް ހުށަހެޅިގެންދޭ ޓެކްސީ ބޭނުންވާ ގަޑިތަކުގައި ނުލިބޭތީ. މާލޭގައި އެއްތަނުން އަނެއް ތަނަށް ދާން ޓެކްސީ ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް. އާއްމުކޮށް ހުޅުމާލެއަށް ނޫނީ އެއާޕޯޓަށް ދާން ބޮޑު އަގުގައި ޓެކްސީ ލިބެނީ،” މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން، އެއާޕޯޓަށާއި ހުޅުމާލެ ދަތުރުތަކަށް ވެސް ޚާއްސަ ސައިޒުތަކެއްގެ ޓެކްސީ ހުންނާނެ ކަމަށް އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން

87

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ސީޕްލޭންގެ ޚިދުމަތް މުހިންމު: އަމީން

minister ameen

ސިޔާސަތަކީ ހުރިހައި އެއާޕޯޓުތަކެއް ދިވެހި ކުންފުނިތަކުން ހިންގުން: އަމީން

ހެލިކޮޕްޓަރު ހިދުމަތަށް ދޭނެ ފަރާތެއް ހޯދަން ހުޅުވާލައިފި