ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަފްސާނީ ޞިއްޙަތާ ގުޅުންހުރި ޚަބަރުތައް ރިޕޯޓް ކުރުމުގެ ގައިޑްލައިން އާއްމުކޮށްފި

Viluntheri 945x630

ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި ޚަބަރުތައް ރިޕޯޓް ކުރުމުގައި ޢަމަލު ކުރާނޭގޮތުގެ ގައިޑްލައިން އާއްމުކޮށްފިއެވެ.

ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި ޚަބަރު ރިޕޯޓްކުރުމުގައި ޢަމަލުކުރާނޭގޮތުގެ ގައިޑްލައިން އެކުލަވާލުމުގެ އަމާޒަކީ މިމަޢުޟޫޢަށް ލިޔުމުގެ ތެރެއިން މާނަވީ އިޖުތިމާޢީ ބަދަލުތައް ގެނައުމަށް މީޑިއާ ބާރުވެރިކުރުވާ މުޖުތަމަޢުގެ ޢާންމު ވިސްނުން ބައްޓަންކުރުމުގެ މައްޗަށް މީޑިއާގެ ކިބައިގައިވާ ބާރު އީޖާބީގޮތެއްގައި ބޭނުންކުރެވިދިޔުމަށް މަގުދެއްކުމެވެ.

އަދި މިގައިޑްލައިން ފަރުމާކުރެވިފައިވަނީ، ނަފްސާނީ ޞިއްޙަތާއި އަދި އަމިއްލައަށް މަރުވުމުގެ މައްސަލަތައް މީޑިއާގެ ޒަރީޢާއިން ރިޕޯޓްކުރުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ރިޕޯޓްކުރުމަށް މީޑިއާއަށް އެހީތެރިވުމުގެ މަޤްޞަދުގައެވެ. އެގޮތުން މިގައިޑްލައިންގާ ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި އެކިއެކި ޙާލަތްތަކަށް ރައްދުވާ ޢާއްމު އުޞޫލުތަކުގެ އިތުރުން ނަފްސާނީ ބަލި ހުންނަ ފަރާތްތަކުން ހިންގާ އަނިޔާއާއި ކުށުގެ ޢަމަލުތައް ރިޕޯޓްކުރުމުގައި ޚާއްޞަ ސަމާލުކަންދޭންވާ ކަންކަމާއި ކުޑަކުދިންނަށް ނިސްބަތްވާ ނަފްސާނީ ޞިއްޙަތުގެ ޚަބަރު ރިޕޯޓުކުރުމުގައި ސަމާލުކަންދޭންވާ ކަންކަން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން މިގައިޑްލައިންގައި ރިޕޯޓުކުރުމުގައި ޢާންމުންނަށް ހުށަހެޅޭ މަޢުލޫމާތަކީ ޞައްޙަ، ރަނގަޅު، އަދި އިންޞާފުވެރި މަޢުލޫމާތަށްވުން ޔަޤީންކުރުމަށްޓަކައި ޢަމަލުކުރާނޭގޮތުގެ އުޞޫލުތައް ހިމަނާފައިވާނެއެވެ. އަދި ބަހާއި ތަޞްވީރު އިޚްތިޔާރުކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި ޚަބަރު އެކަށައެޅުމުގައި ފޯކަސްކުރާނޭ އެންގަލް އިޚްތިޔާރުކުރުމުގައި ސަމާލުވާންޖެހޭ ކަންކަމާއި، ޚަބަރުގައި ހިމަނާނޭ ތަފްޞީލްތައް ކަނޑައެޅުމުގައި ވިސްނަންޖެހޭ ކަންކަން ބަޔާންކޮށްފައިވާނެއެވެ.

މި ގައިޑްލައިން މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު