ކުއްލި ޚަބަރު

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ހުށަހެޅުއްވީ މޫސާ އަލީ ޖަލީލް އެކަނި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލް އިން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

16 އަހަރުން ދަށުގެކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ނިއުޒީލެންޑްގައި މަނާކުރަނީ

89614e21 d970 4154 b5ce 236ffb78db20

އުމުރުން 16 އަހަރުން ދަށުގެކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މުޅިން މަނާކުރުމާބެހޭ ބިލެއް، ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން އެކުލަވާލައްވައިފިއެވެ.

ބޮޑުވަޒީރު މިފަދަ ބިލެއް މި އެކުލަވާލެއްވީ، ދުނިޔޭގެ ބޮޑެތި ޓެކް ޕްލެޓްފޯމްތަކުގެ ނުރައްކާތަކުން އެކުދީން ސަލާމަތް ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމުގައި ދެކިވަޑައިގެންނެވެ.

ސޯޝަލް މީޑިއާގައި އަނިޔާވެރި އަދި ކަންބޮޑުވާފަދަ ކޮންޓެންޓް ގިނަވަމުން އަންނާތީ، އެފަދަ އޮންލައިން ނުރައްކާތަކުން ޚާއްސަކޮށް ކުޑަކުދިން ސަލާމަތްކޮށް ރައްކާތެރިކޮށް ރެގިއުލޭޓް ކުރެވޭނެ ގޮތްތަކާމެދު ދުނިޔެ ދަނީ ފުންކޮށް ވިސްނައި ފިޔަވަޅުތައް އަޅަމުންނެވެ.

ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން އެކުލަވާލެއްވި ބިލުގެ ދެލިކޮޕީގައި ބުނެފައިވަނީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރަނީ މަދުވެގެން، އުމުރުން 16 އަހަރުވެފައިވާ ކުދިންކަން، ސޯޝަލް މީޑިއާ ކުންފުނިތަކުން ކަށަވަރުކުރަން ޖެހޭނޭ ކަމަށެވެ. އަދި އެއީ މަޖުބޫރުކަމެއް ކަމަށް ހަދަންޖެހޭނޭ ކަމަށެވެ.

އެގޮތަށް އަމަލު ނުކުރާ ފަރާތްތައް ދެމިލިއަން ނިއުޒީލެންޑް ޑޮލަރު (1.5 މިލިއަން އެމެރިކާ ޑޮލަރުން) ޖޫރިމަނާ ކުރުމަށްވެސް ބިލުގައި ކަނޑައަޅާފައި ވެއެވެ.

ބިލާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނިއުޒީލެންޑްގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، ސޯޝަލް މީޑިއާގެ ޒަރީއާއިން މުޖުތަމައަށް ރަނގަޅު ކަންތައްތައް ލިބިގެންދާ ނަމަވެސް، އެއީ ޒުވާނުންނަށް ރައްކާތެރި ތަނެއް ނޫންކަން ގަބޫލުކުރަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ.

ސައިބަރބުލީ ކުރުމާއި، ކުދިންގެ ވިސްނުންތައް ހަލާކުރުމާއި، ކުދީންނަށް ގެއްލުން ހުރި ކޮންޓެންޓްތަކުން ކުދިން ރައްކާތެރި ކުރުމަށް ފިޔަވަޅު އަޅައި ޒިންމާ އުފުލަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.

ސޯޝަލް މީޑިއާ ބޭނުންކުރާ އުމުރު، 16 އަހަރުން މައްޗަށް ހެދުމަށް ނިއުޒީލެންޑްގެ ބޮޑުވަޒީރު ބިލެއް މި ތައާރަފް ކުރެއްވީ، އޮސްޓްރޭލިއާ މޮޑެލްއަކަށް ބައްލަވައިގެންނެވެ.

ސޯޝަލް މީޑިއާ ރެގިއުލޭޓްކުރުމުގައި އޮސްޓްރޭލިއާ ވެފައިވަނީ ދުނިޔޭގެވެސް އެންމެ ކުރީގައި އުޅޭ ގައުމަށެވެ.

އުމުރުން 16 އަހަރުން ދަށުގެކުރިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލުގެ ދެލިކޮޕީ އެކުލަވާލެއްވި ނަމަވެސް، އެ ބިލު ޕާލަމެންޓަށް ހުށަހެޅުއްވާނީ ކޮން އިރަކުކަމެއް ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން ވިދާޅެއް ނުވެއެވެ. އެކަމަކު ވިދާޅުވެފައިވަނީ، އެ ބިލަށް ޕާލަމެންޓުގެ ފުރިހަމަ ތާއީދު ލިބޭނޭ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement