ކުއްލި ޚަބަރު

ޔަމަނުން ދީފާނޭ ރައްދު ހަމަލާއަކަށް މުޅި އިސްރާއީލު ކުއްލި ހާލަތަށް ގެނެސްފި

ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާވަނީ ފެނިފައި، ހާލު ރަނގަޅު

ސާމިހު އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި

އައްޑޫ ސިޓީ ހިއްކި ބިމުން ފުރަތަމަ ފަހަރަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލައިފި

އައްޑޫ ސިޓީ ހިއްކި ބިމުން ފުރަތަމަ ފަހަރަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލައިފިއެވެ. މި ބުރުގައި ޖުމްލަ 251 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ބިން ދޫކުރުމަށް ހުޅުވާލާފައިވަނީ އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫ ފެދޫގެ ރައްޔިތުންނަށެވެ. އައްޑޫ ސީޓީ މަރަދޫއިން 175 ބިން ދޫކުރުމަށް ސިޓީ ކައުންސިލުން ވަނީ އިޢުލާނުކޮށްފައެވެ. މިއީ މުޅިންވެސް 1500 އަކަފޫޓުގެ ބިންތަކެވެ.

މި ބައިގައި ގޯތި ދޭނީ ދެ ކެޓަގަރީއަކަށެވެ. އެއީ އައްޑޫ ސިޓީ މަރަދޫ އަވަށު ރައްޔިތުންނަށް 158 ގޯތި އަދި މަރަދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ޚާއްސަކުރާ 17 ބިމެވެ.

އައްޑޫ ސިޓީ މަރަދޫފޭދުއިން އިޢުލާނުކޮށްފައިވަނީ 76 ބަންޑާރަގޯތި ދޫކުރުމަށެވެ. އެއީ މަރަދޫފޭދޫ އަވަށު ރައްޔިތުންނަށް 68 ގޯތި އަދި މަރަދޫފޭދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ 8 ގޯއްޗެވެ.

ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފަވަނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 24 ޖޫންގެ 13:00ގެ ނިޔަލަށެވެ. ފޯމު ހުށައަޅާނީ އެ އަވަށެއްގެ އަވަށު އޮފީހަށެވެ.

އައްޑޫ ބިން ހިންކުމުގެ މަޝްރޫޢު ކުރިއަށްގެންދިޔައީ 2023 ވަނަ އަހަރުއެވެ. މި މަޝްރޫޢުގައި އައްޑޫގެ ގުޅިފައިވާ ރަށްތައް ހިމެނޭގޮތަށް 190 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފަތުރުވެރިކަމަށް ޚާއްޞަ ކުރާ 3 ރަށާއި ހަންކެޑައަށް ބިން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން މަރަދޫ، މަރަދޫފޭދޫއަށް ޖުމްލަ 76 ހެކްޓަރުގެ ބިން އިތުރުކޮށް ހިތަދޫއަށް 80 ހެކްޓަރުގެ ބިން އިތުރުކޮށްފައިވެއެވެ.

އައްޑުއިން ގޯތި ދުކުރުމާ ގުޅޭމަޢުލޫމާތުތައް ސިޓީ ކައުންސިލުން ވަނީ ގެޒެޓުކޮށްފައެވެ. އައްޑޫ މަރަދޫގެ އާބާދީ 2200 އިން މައްޗަށް އަރައެވެ. އަދި މަރަދޫފޭދޫގެ އާބާދީ އުޅެނީ 1200 އިން މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

400628 ffcc7455 b

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ކޮންމެ ރައްޔިތެއްގެ ހައްގުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާއެއް: ނައިބު ރައީސް

Sge

އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެ

Viluntheri 945x630

ނަފްސާނީ ޞިއްޙަތާ ގުޅުންހުރި ޚަބަރުތައް ރިޕޯޓް ކުރުމުގެ ގައިޑްލައިން އާއްމުކޮށްފި

Hulhumaale drag keys 5d0b3bb4e7

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

Mulhiraajje
ELL Mobile Advertisement TTH_Advertisement