ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ޔަމަނުން ދީފާނޭ ރައްދު ހަމަލާއަކަށް މުޅި އިސްރާއީލު ކުއްލި ހާލަތަށް ގެނެސްފި

ޔަމަނުން ދީފާނޭ ރައްދު ހަމަލާއަކަށް މުޅި އިސްރާއީލު ކުއްލި ހާލަތަށް ގެނެސްފިއެވެ. އެގޮތުން، އިސްރާއީލުގެ ހުރިހާ ބޯޑަރުތަކެއްގައި ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް އަދި ވައިގެ ސަރަހައްދާއި، ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ލެވެލްވެސް މިހާރުވަނީ އެންމެ މަތިކޮށްފައެވެ.

އިސްރާއީލުން ކުއްލި ހާލަތު މި ހިންގީ، ރޭގައި މުޅި ޔަމަނަށް ބޮން އެޅުމަށްފަހު، ޔަމަނުގެ ފަރާތުން ރައްދު ހަމަލާތަކެއް އަންނާނެކަން ކަށަވަރުވާތީއެވެ.

ޔަމަނުގެ އަސްކަރިއްޔާއިން ވަނީ އެކަމުގެ އިންޒާރުވެސް ދީފައެވެ. އަދި އިސްރާއީލަށް ހަމަލާ ދިނުމަށް ބޭނުންކުރާނެ، ދުނިޔޭގެ އެންމެ އެޑްވާންސް މިސައިލްތައްވެސް ދައްކާލާފައި ވެއެވެ.

އެގޮތުން، އިސްރާއީލުގެ އެންމެ މުހިންމު އަދި އެންމެ ވަރުގަދައަށް ހިމާޔަތް ކޮށްފައިވާ ތަންތަނަށް މި ފަހަރު ހަމަލާދޭނޭ ކަމަށާއި، މިފަހަރު ދޭ ހަމަލާތައް ވެގެންދަނީ ޒަޔަނިސްޓުންނަށް “ވޭންދެނިވި” ހަމަލާތަކަށް ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލު ސިފައިން ޔަމަނުގެ އޮއިލް ޕޯޓްތަކާއި، އެއަރޕޯޓްތަކާއި، ސިފައިންގެ ބޭސްތަކަށް ސާޅީހަށްވުރެ ގިނަ ވައިގެ ހަމަލާތައް ދީފައި ވެއެވެ. އިސްރާއީލުގެ ހަމަލާތައް އައީ އެމެރިކާ ސިފައިން ޔަމަނުގެ ވެރިރަށަށް ވަރުގަދައަށް ބޮންއެޅިތާ މާ ގިނައިރެއް ނުވަނީހެވެ.

އެމެރިކާ، އިނގިރޭސި ސިފައިންގެ ކޯޑިނޭޝަންގެ ދަށުން އިސްރާއީލުން ޔަމަނަށް ހަމަލާތައް ދިނުމަށް މިސައިލާއި ބޮން ބޭނުންކޮށްފައި ވެއެވެ. ހަމަލާތައް މައިގަނޑުގޮތެއްގައި އަމާޒުކުރީ ހުދައިދާ ސިޓީއަށާއި، ބަޖިލް ސިމެންތި ފެކްޓަރީއަށެވެ.

މި ހަމަލާތަކުގައި މަރުވި އަދި ޒަޚަމްވި މީހުންގެ ފުރިހަމަ އަދަދުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޔަމަނަށް ހަމަލާދިނުމަށް އިސްރާއީލުގެ 30 ޖެޓް ބައިވެރިވިއެވެ.

ޔަމަނަށް ވައިގެ ހަމަލާތައް ދިނުމަށް އިސްރާއީލުގެ އަސްކަރީ ޖެޓުތައް ބޭނުންކުރީ، ސައުދީ އަރަބިއްޔާ، މިސްރު އަދި ޖޯރޑަންގެ ވައިގެ ސަރަހައްދެވެ. ހަމަލާތައް ދިނުމަށްފަހު ފިލައިގެން ދިޔައީވެސް އެ ގައުމުތަކުގެ ވައިގެ ސަރަހައްދުގެ ތެރެއިންލާފައެވެ.

އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ޔަމަނުގެ ހޫތީން ބުނެފައިވަނީ، ކިތަންމެ ހަމަލާއެއްދިނަސް، ކިތަންމެ ޖަރީމާއެއް ހިންގިޔަސް ޣައްޒާއަށް ތާއީދުކުރުން ހުއްޓާނުލާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

ޣައްޒާ ފެނުއަޑީގައި އޮތްއިރުވެސް އާންމުން ބަނޑަށްޖެއްސުމަށް އިސްރާއީލުން މަސައްކަތް ކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

TTH_advertisement