ކުއްލި ޚަބަރު

ޔަމަނުން ދީފާނޭ ރައްދު ހަމަލާއަކަށް މުޅި އިސްރާއީލު ކުއްލި ހާލަތަށް ގެނެސްފި

ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާވަނީ ފެނިފައި، ހާލު ރަނގަޅު

ސާމިހު އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި

“ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ” ފަށައިފި

އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ މެންބަރު ޤައުމުތަކަށް އަމާޒުކޮށްގެން ވިލާ ނޯޓިކާގައި “ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ” ގިޓީ” ގެ ނަމުގައި ޚާއްޞަ ފޯރަމެއް ފަށައިފިއެވެ. މި ފޯރަމްގެ އިފްތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

މި ފޯރަމަކީ ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސަޢޫދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ބާއްވާ ޚާއްޞަ ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ “ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން އިތުރުކޮށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުން” އެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް ވިދާޅުވީ، މި ފޯރަމަކީ ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ކޮރަޕްޝަނަށް ހުރި ނުރައްކާތައް ނައްތާލަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި ކަމާބެހޭ އިދާރާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، ދެފުށް ފެންނަ ނިޒާމެއްގެ ދަށުން މި ދާއިރާ ހިންގުމަށް ހުރި ގޮންޖެހުންތަކާއި، ޖަވާބުދާރީވުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.

މި ފޯރަމްގައި އޯއައިސީގެ 40 އަށްވުރެ ގިނަ މެންބަރު ޤައުމުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އަދި ފަތުރުވެރިކަމާ ބެހޭ އިދާރާތަކާއި، ބައިނަލްއަޤްވާމީ އިދާރާތައް ހިމެނޭ ގޮތުން 180 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި އޯއައިސީގެ މެންބަރު ޤައުމުތަކުގެ މަތީ ފެންވަރުގެ ޕްލިނަރީ ސެޝަންތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަމި ފޯރަމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން އިތުރުކޮށް، ކޮރަޕްޝަން މަދުކުރުމަށް މުހިންމު މަންސަބެއް އަދާކުރާނެ ކަމަށް އުންމީދުކުރެވެއެވެ. މި ފޯރަމްގައި މަޝްވަރާކުރެވޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި:

1. ފަތުރުވެރިކަމުގެ ދާއިރާގައި ޕަބްލިކް ޕްރޮކިއުމަންޓްގެ ހާމަކަން ބޮޑުކޮށް، ނަޒާހަތްތެރިކަމާއި ހަރުދަނާކަން ކަށަވަރުކުރުން.

2. ފަތުރުވެރިކަން ކުރިއެރުވުމުގައި، ޚާއްޞަކޮށް ބިން ބޭނުންކުރުމާއި މެނޭޖްކުރުމަށް ހަރުދަނާ އަދި ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުން.

3. ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަމާއި، ހާމަކަން ބޮޑުކަމާއި ޒިންމާދާރުކަން އިތުރުކުރުމަށް ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުން.

4. އަޚްލާޤީ މިންގަނޑުތައް ތަރައްޤީކުރުމާއި ޤާބިލުކަން އިތުރުކުރުން.

5. ޤާނޫނީ އޮނިގަނޑުތައް ހަރުދަނާކޮށް، ތަންފީޒުކުރުމަށް ބާރުއެޅުން.

6. ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަން ހުއްޓުވުމާއި އެސެޓް ރިކަވަރީއަށް މަގުފަހިކޮށްދިނުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ.

މި ފޯރަމްގައި ބޭއްވޭ ޕްލިނަރީ ސެޝަންތަކުގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމާ ބެހޭ ދާއިރާގެ އިސްވެރިންނާއި ކޮރަޕްޝަން ހުއްޓުވުމުގެ އިދާރާތަކުގެ އިސްވެރިން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ. އަދި ޕެނަލް މަޝްވަރާތަކުގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނުގެ ނުރައްކާ ކުޑަކުރުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވާނެއެވެ.

މި ފޯރަމަކީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަން ކުރިއަރުވައި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ސިނާޢަތަކަށް ހެދުމަށް މަގުފަހިކޮށްދޭނެ މުހިންމު މަންސަބެއް ކަމުގައި ބެލެވެއެވެ. މި ފޯރަމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވާ ކޮރަޕްޝަނުގެ މައްސަލަތަކަށް ޙައްލު ހޯދުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެއް ފާހަގަކުރެވި، އެ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެހީތެރިކަން ހޯދުމާގުޅޭގޮތުން ބްރުނާއީއާއެކު މަޝްވަރާކޮށްފި

89614e21 d970 4154 b5ce 236ffb78db20

16 އަހަރުން ދަށުގެކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ނިއުޒީލެންޑްގައި މަނާކުރަނީ

އައްޑޫ ސިޓީ ހިއްކި ބިމުން ފުރަތަމަ ފަހަރަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލައިފި

ޔަމަނުން ދީފާނޭ ރައްދު ހަމަލާއަކަށް މުޅި އިސްރާއީލު ކުއްލި ހާލަތަށް ގެނެސްފި

Mulhiraajje
ELL Mobile Advertisement TTH_Advertisement