ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޭވަށާއި ދަރަނބޫދޫގައި އައު އިންޖީނުތައް ބަހައްޓަނީ!

ފެނަކަ ކޯޕަރޭޝަނުން ވޭވަށާއި ދަރަނބޫދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން، އެ ދެ ރަށުގައި އައު އިންޖީނުތައް ބެހެއްޓުމުގެ މަރުޙަލާ ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ފެނަކައިން ދޭ މަޢުލޫމާތުގައިވާ ގޮތުން، ދަރަނބޫދޫ އަދި ވޭވަށަށް 250 ކިލޯވޯޓުގެ އިންޖީނުތަކެއް ވަނީ ފޯރުކޮށްދީފައެވެ. މި ފިޔަވަޅަކީ އެ ދެ ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ފ. އަތޮޅު ދަރަނބޫދޫ އަދި މ. އަތޮޅު ވޭވަށަކީ ކަރަންޓުގެ ދަތިކަން ދިގު މުއްދަތެއް ވަންދެން ތަޙައްމަލުކުރަމުން އައި ދެ ރަށް ކަމުގައި ފާހަގަކުރެވެއެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ފެނަކައިން ވަނީ ވޭވަށުގެ އިންޖީނުގެ ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގާފައެވެ. މި މަޝްރޫޢުގެ ދަށުން، 2022 ވަނަ އަހަރު އެ ރަށުގައި އައު އިންޖީނުގެއެއް ޤާއިމުކޮށް، 400 ކިލޯވޯޓުގެ އިންޖީނެއް ބަހައްޓައި، ޚިދުމަތް ދޭން ފެށިއެވެ. މި މަޝްރޫޢުއަށް 10 މިލިއަން ރުފިޔާ ޚަރަދުކުރެވުނެވެ.

މިހާރު ވޭވަށަށް ފޮނުވާފައިވާ އައު އިންޖީނާއެކު، އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 650 ކިލޯވޯޓަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. މި ކުރިއެރުމަކީ އެ ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ކުޑަރިކިލުގައި ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކޮށް ނިމިއްޖެ

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

66

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

98

ހަތަރު ރަށަކަށް ބޭނުންވާ ޖަނެރޭޓަރުތައް ގެނެސްފި