ކުއްލި ޚަބަރު

ޓްރެއިނިން ހަދަމުންދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ސީރިއަސް

ޔުމްނުގެ ހާލު ސްޓޭބަލް، އެކަމަކު އަދިވެސް އޮތީ ޝޮކެއްގެ ތެރޭ: އާއިލާ

އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ޔުމްނުގެ ހާލު ސްޓޭބަލް، އެކަމަކު އަދިވެސް އޮތީ ޝޮކެއްގެ ތެރޭ: އާއިލާ

B 202504271240401745696440.8202
އިމާރާތުން ވެއްޓުނު ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމަށް ފުލައިޓުގައި —

މިދިޔަ މަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނުގެ ހާލު މިހާރު ސްޓޭބަލް ކަމަށާއި ނަމަވެސް އޭނާ އަދިވެސް އޮތީ ޝޮކެއްގެ ތެރޭގައި ކަމަށް އާއިލާއިން މިއަދު ބުނެފިއެވެ.

ޔުމްނުއަށް އިތުރު ފަރުވާ ދިނުމަށް މެލޭޝިއާއަށް ގެންގޮސްފައިވަނީ މިިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މެލޭޝިއާއަށް ގެންދިއުމުގެ ކުރިން އޭނާއަށް ލިބުނު ސީރިއަސް އަނިޔާތަކަށް އައިޖީއެމްއެޗުގައި ވެސް ވަނީ ފަރުވާދީފައެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން މުހައްމަދު މުއުމިން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ޔުމްނު ހޭ އަރާފައިވާ ކަމަށާއި މިހާރު ހާލު ސްޓޭބަލް ކަމަށެވެ. ނަމަވެސް އަދިވެސް ޔުމްނުއަށް ފަރުވާދެނީ އައިސީޔޫގައި ކަމަށް އޭނާ ބުންޏެވެ.

ޔުމްނުއަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށާއި ނަމަވެސް ފީޑިން ޓިއުބް ވެސް ނަގައި މިހާރު ހިމުންކޮށްގެން ކާތަކެތި ކެވޭ ކަމަށެވެ. އަދި
ޔުމްނުގެ އިތުރު ސާޖަރީއެއް އަންނަ އަންގާރަ ދުވަހު ހެދުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާ އިރު، މިހާތަނަށް އެ މައްސަލައިގައި ޔުމްނުއާއެކު އިމާރާތުގެ ތެރޭގައި އުޅުނު ރައުދު އަހުމަދު ޒިލާލް ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

police-vcle

ޓްރެއިނިން ހަދަމުންދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ސީރިއަސް

azmiralda-mahaz

އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

400093 187177a8 e

އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

27

މަހާޒާއި އަޒްމިރަލްދާ ވަކިކުރަން މަޖިލީހަށް ފޮނުވުމަށް ޖޭއެސްސީ އިން ނިމްމައިފި

Mulhiraajje
ELL Mobile Advertisement TTH_Advertisement