ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

400093 187177a8 e

އޮސްޓްރޭލިއާގެ ބޮޑުވަޒީރު، އެންތަނީ އަލްބަނީޒް، އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ރައީސް ހިއްސާކުރެއްވި ޕޯސްޓުގައި އެ މަނިކުފާނަށް ވަރަށް ހޫނު މަރުހާބާއެއް ދަންނަވައި، ބޮޑުވަޒީރު އަލްބަނީޒްގެ މި ކާމިޔާބީއަކީ އޮސްޓްރޭލިއާ ރައްޔިތުން އެ މަނިކުފާނަށް ކުރައްވާ ބޮޑު އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވައިލެއްވީ ރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އުންމީދު އައު ކުރައްވަމުންނެވެ.

އޮސްޓްރޭލިއާ އާއި އްޖެއިން ދަނީ، މެރިޓައިމް ސެކިއުރިޓީ، ވިޔަފާރި، ޓްރާންސްނޭޝަނަލް ކްރައިމް އެންޑް ކްލައިމެޓް ޗޭންޖް، އަދި ކަނޑުތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރަމުންނެވެ.

އޭގެ އިތުރުން ގާބިލުކަން އިތުރުކުރުމާއި، ތައުލީމީ ދާއިރާއާއި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށީގެ ވަސީލަތްތައް މެނޭޖްކުރުމުގައި އޮސްޓްރޭލިއާގެ ތަޖުރިބާ ހިއްސާކުރުމާއި، ސިވިލް ސޮސައިޓީ ހަރުދަނާކޮށް، ހިންގުމުގެ ގާބިލުކަން އިތުރުކުރުމާއި އދ.ގެ ޕާޓްނަރުން މެދުވެރިކޮށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދެ ގައުމުން ދަނީ އެއްބާރުލުންދީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް