ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ ކިބައިން ފެނުނީ މަސްއޫލިވެރިއެއްގެ މަތިވެރި ސިފަ: އައްބާސް

249

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ނޫސްވެރިންނާއެކު ބޭއްވެވި 14 ގަޑިއިރުގެ ދިގު ބައްދަލުވުމަކީ މަސްއޫލުވެރިއެއްގެ ކިބައިން ފެންނަންޖެހޭ އެންމެ މަތިވެރި ސިފަ ދައްކުވައިދިން ބައްދަލުވުމެއް ކަމަށް ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ އަށް ވަނަ އަހަރީ ދުވަހުގެ “ޕީއެސްއެމް އެވޯޑް 2025” ގައި ޝަރަފުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ، ރައީސް މުޢިއްޒު ބޭއްވެވި މި ނޫސްވެރިންގެ ބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމެއް ކަމަށެވެ.

“ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ނަމޫނާއަކީ އެކަމަށް ތަބާވާންޖެހޭ ކަމެއް. ޚަބަރާއި ކަންކަން ހިނގަމުންދާ ގޮތް ސާފުކޮށް އޮޅުންފިލުވައިދިނުމުގައި ކޮންމެ މަސްއޫލުވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް. އެކަން ހާމަކޮށްދެއްވަމުން އެ ގެންދެވީ،” ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރައްވާފައިވާ އައްބާސް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސް އިއްޔެ ބޭއްވެވި މި ބައްދަލުވުމުގައި، ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ޖަވާބު ދެއްވާފައިވެއެވެ. މި ބައްދަލުވުމުގައި ވަކި ދާއިރާއެއް އިސްތިސްނާ ނުކުރައްވައި، ހުރިހާ ދާއިރާއަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައި، ކަންކަން އޮޅުންފިލުއްވައިދެއްވާފައިވާކަން ޢައްބާސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މި ބައްދަލުވުމަކީ ދުނިޔޭގެ ރެކޯޑް ހޯދާފައިވާ ބައްދަލުވުމެއްކަންވެސް ފާހަގަކުރެއްވިއިރު، އެމަނިކުފާނު ދެއްކެވި ކެތްތެރިކަމާއި ސާބިތުކަމަށް އައްބާސް ތައުރީފް ކުރެއްވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ، ދިވެހިންގެ ދިވެހިވަންތަކަން ދިރުވައި އާލާކުރުމުގައި ނޫސްވެރިންގެ ދައުރު އިތުރަށް ފުޅާކުރަން ޖެހިފައިވާ ކަމަށެވެ. ގައުމިއްޔަތާއި، ސަގާފަތް އަދި އާދަކާދަތައް ދިރުވުމުގައި ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް މިހާރަށްވުރެ ފަރުވާތެރިވުމަށް އޭނާ ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު