ކުއްލި ޚަބަރު

ޓްރެއިނިން ހަދަމުންދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ސީރިއަސް

ޔުމްނުގެ ހާލު ސްޓޭބަލް، އެކަމަކު އަދިވެސް އޮތީ ޝޮކެއްގެ ތެރޭ: އާއިލާ

އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ގުދުރަތީ ހާދިސާއެއްގައި ސަރުކާރުގެ ހިންގުން ނުހުއްޓޭނެ ގޮތުގެ ރޭވުމެއް ހަދަން ލަންކާ ކުންފުންޏަކާ ހަވާލުކޮށްފި

Woe

އިންސާނީ ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ސަރުކާރުގެ ހިންގުން ހުއްޓުނަނުދީ ކުރިއަށް ގެންދާނެގޮތުގެ ތަންފީޒީ ރޭވުމެއް އެކުލަވާލުމުގެ މަސައްކަތް ސްރީ ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ޑިޖިޓަލް ސަރުކާރެއް އޮޕަރޭޓްކުރުމަށްޓަކައި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އިން ގާއިމުކޮށްފައިވާ މުވާސަލާތީ އިންފްރަސްޓްރަކްޗާތަކުގެ މައްޗަށް އިންސާނުންގެ އަމަލުތަކުން ނުވަތަ ދިމާވާ ގުދުރަތީ ހާދިސާއެއްގެ ސަބަބުން އޮޕަރޭޝަން ހުއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ޚިދުމަތްތައް އިއާދަކުރުމާއި، ސަރުކާރުގެ ހިންގުން ހުއްޓުނަނުދީ ކުރިއަށް ގެންދާނެގޮތުގެ ތަންފީޒީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެފައެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތް ފަށާފައިވަނީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން އެ މިނިސްޓްރީން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން (ޑީމެޑް) މަޝްރޫއިން ކަމަށެވެ.

އެންސީއައިޓީއަށް ބޭނުންވާ ޑިޒާސްޓާ ރިކަވަރީ އެންޑް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ “ކޭބީއެސްއެލް އިންފޮމޭޝަން ޓެކްނޯލޮޖީޒް ލިމިޓެޑް”އާއެވެ.

ކޭބީއެސްއެލްއަކީ 1987އިން ފެށިގެން އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ.

މި އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންސީއައިޓީގެ އިސްވެރިޔާ މިނިސްޓާ އޮފް ސްޓޭޓް ޑރ. މުޙައްމަދު ކިނާނަތެވެ. އަދި ކޭބީއެސްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް، އިންޓަނޭޝަނަލް ބިޒްނަސް، މރ. ކްރިޝާން ޕެރޭރާއެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތް އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 45,525 އެމެރިކާ ޑޮލަރަށް ކަމަށެވެ. އަދި މަސައްކަތް ނިންމަން ދީފައިވަނީ ހަތަރު މަސް ދުވަސް ކަމަށާއި އެ ކުންފުނިން ތައްޔާރުކުރާ ޕްލޭނަކީ ބައިނަލްއަގުވާމީ ސްޓޭންޑާޑްތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނަކަށްވާންޖެހޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްލޭން އެކުލަވާލާއިރު 22 އަހަރުވެފައިވާ މި އިންފްރަސްޓްރަކްޗާގެ މިވަގުތުގެ ހާލަތާއި، ގުދުރަތީ ކާރިސާތަކާއި، ސައިބާ ހަމަލާތަކާއި، ކަރަންޓް ދިއުމާއި އަލިފާނުގެ ހާދިސާތަކާ ގުޅޭ ރިސްކް އެސެސްމަންޓްތައް ހެދުމަށް ހަމަޖެހިފައި ވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ރޭވުމާއެކު، މި ރޭވުން ތަންފީޒު ކުރުމާ ގުޅޭގޮތުން މުވައްޒަފުންގެ ހުންނަންޖެހޭ ހުނަރާއި އިންސާނީ ވަސީލަތް ތަރައްގީ ކުރަން ބޭނުންވާނެ ތަމްރީނުތައް ވެސް ކަނޑައަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މިފަދަ ކާރިސާއެއްގައި އަމަލުކުރާނެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ސަރުކާރަށް ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުގެ އެކި އިދާރާތަކުން އޮންލައިންކޮށް ޚިދުމަތް ފޯރުކޮށްދެމުންދާއިރު، މި މަސައްކަތުގެ އެންމެ އިސް ދައުރެއް އަދާކުރަމުންދާ އެންމެ މުހިންމު އިދާރާއަކީ އެންސީއައިޓީއެވެ.

އެގޮތުން އެންސީއައިޓީ އިން އޮޕަރޭޓްކުރާ ނޭޝަނަލް ޑޭޓާ ސެންޓާ (އެންޑީސީ)ގައި ގިނަ އިދާރާތަކެއްގެ އެޕްލިކޭޝަންތައް ހޯސްޓްކޮށްދިނުމުގެ އިތުރުން އެ އިދާރާއިން ބަލަހައްޓާ ނޭޝަނަލް ކޮމްޕިއުޓާ ނެޓްވޯކް (އެންސީއެން)މެދުވެރިކޮށް ސަރުކާރާއި ދައުލަތުގެ އެހެނިހެން މުވައްސަސާތަކުން ހިންގަމުންދާ އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައްވެސް ވަނީ ގުޅާލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

police-vcle

ޓްރެއިނިން ހަދަމުންދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ސީރިއަސް

B 202504271240401745696440.8202

ޔުމްނުގެ ހާލު ސްޓޭބަލް، އެކަމަކު އަދިވެސް އޮތީ ޝޮކެއްގެ ތެރޭ: އާއިލާ

azmiralda-mahaz

އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

400093 187177a8 e

އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

Mulhiraajje
ELL Mobile Advertisement TTH_Advertisement