ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

ގަވާއިދާ ޚިލާފަށް އުޅުނު އިތުރު 25 ބިދޭސީއަކު އަތުލައިގެންފި

ޗައިނާގެ ރައީސް ޝީ ޖިންޕިން އަންނަ ބުދަދުވަހު ރަޝިޔާއަށް ވަޑައިގަންނަވަނީ

ޗައިނާގެ ރައީސް ޝީ ޖިންޕިން، ރަސްމީ ދަތުރުފުޅެއްގައި އަންނަ ބުދަދުވަހު ރަޝިޔާއަށް ވަޑައިގަންނަވާނެ ކަމަށް، ރަޝިޔާ ރައީސްގެ އޮފީސް، ކްރެމްލިންއިން ބުނެފިއެވެ. ޗައިނާގެ ރައީސް ރަޝިޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ 7 އިން 10 އަށެވެ.

މިއީ، ނާޒީ ޖަރުމަނު ބަލިކުރިތާ 80 އަހަރު ފުރުން ފާހަގަކުރުމަށް، މެއިމަހުގެ 9 ވަނަ ދުވަހު ބާއްވާ އިހްތިފާލުތަކުގައި ބައިވެރިވުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ ދައުވަތަކަށް ޗައިނާގެ ރައީސް ކުރައްވާ ދަތުރުފުޅެއް ކަމަށް، ރަޝިޔާއިން ބުނެފައި ވެއެވެ.

މީގެއިތުރުން، ދެގައުމުގެ ދެމެދުގައި އޮތް ސްޓްރެޓެޖިކް ޕާޓްނަރޝިޕް އިތުރަށް ފުޅާކުރުމާއި، އިތުރު އެތައް އެއްބަސްވުންތަކެއްގައިވެސް ދެގައުމުން ސޮއިކުރާނޭ ކަމަށް، ކްރެމްލިންއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. ހަމަ އެއާއެކު، ސަރަހައްދުގައި އުފެދިފައިވާ މައްސަލަތަކާއި އަދި ބައިނަލްއަގްވާމީ މައިދާނުގައި ހިނގަމުންދާ މުހިންމު މައްސަލަތަކާމެދުވެސް ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި، ވްލަޑިމިއަރ ޕޫޓިން މަޝްވަރާ ކުރައްވާނެ ކަމަށް ވެއެވެ.

މެއި 9 ގެ އިހްތިފާލުތަކުގައި ޗައިނާގެ ރައީސްގެ އިތުރުން، ބްރެޒިލްގެ ރައީސާއި، ސާބިއާގެ ރައީސާއި، ސްލޮވާކިއާގެ ބޮޑުވަޒީރާއި، އެނޫންވެސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައި ގަންނަވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މެއި 9 އާ ދިމާކޮށް ރަޝިޔާގެ ރައީސްވަނީ، ޔޫކްރެއިނަށް ދެމުންގެންދާ ހަމަލާތައްވެސް 3 ދުވަހަށް ހުއްޓާލަން ނިންމަވާފައެވެ. ސަބަބަކީ މެއި 9 އަކީ ރަޝިޔާއަށް ވަރަށް މުހިންމު ދުވަހަކަށްވާތީއެވެ.
ނާޒީ ޖަރުމަނު ބަލިކުރިތާ 80 އަހަރު ފުރުން ފާހަގަކުރަން ރަޝިޔާއިން ތައްޔާރުވަމުން ދާއިރު، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އޭރުގެ ސޯވިއެޓް އިއްތިހާދުން 27 މިލިއަން މީހުން މަރުވެދިޔައެވެ.
އެޔާއެކުވެސް، ސޯވިއެޓް އިއްތިހާދުގެ މަސައްކަތުން ނާޒީ ފައުޖުތައް ޖަރުމަނާހަމައަށް ފަހަތަށްޖައްސާލިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ހިޓްލަރު އަމިއްލައަށް މަރުވުމެވެ.

އޭގެފަހުން 1945 ވަނަ އަހަރު “ސޯވިއެޓް ވިކްޓަރީ ބެނަރ” ރައިކްސްޓާގްގެ މައްޗަށް އުފުލުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑޮކްޓަރީ ބޭހުގެ އަގު ރައްޔިތުން އަތްފޯރާފަށަށް ގެނައުމަށް އިންޑޮނޭޝިޔާގެ އަސްކަރިއްޔާއިން ބޭސް އުފައްދަން ފަށަނީ

އިސްރާއީލާ ދެކޮޅަށް ވިޔަފާރިއާއި، ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅު އެޅި ޔޫރަޕްގެ ފުރަތަމަ ގައުމަކަށް ސްލޮވީނިއާ

Bml

ބޭސްފަރުވާއަށް ބޭރަށް ފުރާ ބަލިމީހުންނަށް މީގެފަހުން 2،000 ޑޮލަރު ވިއްކާނެ: ބީއެމްއެލް

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ދެ ކުންފުންޏަކާ ހަވާލުކޮށްފި

TTH_advertisement ELL Mobile Advertisement