ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޫތީން އިސްރާއީލަށްދޭ ހަމަލާތައް އިތުރުކޮށްފި، މިއަދުގެ މިސައިލް ހަމަލާއާ ގުޅިގެން އެންމެބޮޑު އެއަރޕޯޓް ބަންދު

ޔަމަނުގެ ހުތީން ކޮންމެ ދުވަހަކު ޒަޔަނިސްޓު އިސްރާއީލަށް ދޭ ހަމަލާތައް އިތުރުކޮށްފިއެވެ.

މިއަދު ހެނދުނު ހޫތީންވަނީ އިސްރާއީލުގެ މެދުތެރޭ ތެލް އަވީވްގައި އޮންނަ، އިސްރާއީލުގެ އެންމެ ބޮޑު އިންޓަރނޭޝަނަލް އެއަރޕޯޓަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފައެވެ.

މިސައިލް ހަމަލާ އެއަރޕޯޓަށް އަމާޒުވެ، ސަރަހައްދު ގޮވައިގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، މި ހަމަލާގައި އެތައް ބަޔަކު ޒަޚަމްވި ކަމަށް، އިސްރާއީލުގެ ނޫސްތަކުން ބުނެއެވެ.

އިސްރާއީލު ސިފައިން ބުނެފައިވަނީ، ހޫތީން ފޮނުވާލި މިސައިލް އިސްރާއީލާ ހަމައަށް ފޯރުމުގެކުތިން ވައްޓާލަން ވަރަށް މަސައްކަތް ކުރި ކަމަށެވެ. ވައްޓާލެވުނު ކަމެއް ނުބުނެއެވެ.
މި ހަމަލާއާ ގުޅިގެން، ވައިގެ ދަތުރުފަތުރު ހުއްޓުވައި، އެއަރޕޯޓް މިހާރުވަނީ ބަންދުކޮށްފައެވެ.

އަދި އެއަރޕޯޓް ވަށައިގެން ހުރި މަގުތައްވެސް ބަންދުކޮށް، އިސްރާއީލު ފުލުހުން އާންމުންނަށް އަންގާފައިވަނީ އެއަރޕޯޓާ މިވަގުތު ގާތް ނުވުމަށެވެ.
މިސައިލް ހަމަލާއާ ގުޅިގެން އެއަރޕޯޓަށް ލިބިފައިވާ ގެއްލުންތައް ފެންނަ ވީޑިއޯތައްވެސް އާންމުވެފައި ވެއެވެ.

ޔަމަނުގެ ހޫތީން އިއްޔެވެސް ވަނީ އިސްރާއީލަށް ބެލިސްޓިކް މިސައިލް ދެ ހަމަލާ ދީފައެވެ. އިއްޔެ ހެނދުނު ފޮނުވާލި މިސައިލް، އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން ވައްޓާލިއިރު، ދެވަނަ ހަމަލާވަނީ އިސްރާއީލު ސިފައިންގެ ބޭހަކަށް އަމާޒުކޮށްފައެވެ.

ހަނގުރާމަ ހުއްޓާލަން ވެވުނު އެއްބަސްވުން އުވާލައި، ޒަޔަނިސްޓު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް މާޗްމަހުގެ 18 ގައި އަލުން ހަނގުރާމަ ފެށުމުން ހޫތީންވެސްވަނީ އިސްރާއީލަށްދޭ ވައިގެ ހަމަލާތައް އިތުރު ކޮށްފައެވެ. އެގޮތުން، މާޗްމަހުގެ 18 އިން ފެށިގެން ހޫތީން މިހާތަނަށްވަނީ އިސްރާއީލަށް 28 ބެލިސްޓިކް މިސައިލް ހަމަލާ ދީފައެވެ. މީގެ ތެރޭގައި “ޕަލެސްތައިން-2” ނަމަކަށްކިޔާ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލްތައްވެސް ހިމެނެއެވެ.

ހޫތީން ބުނަނީ، ޣައްޒާ ހަނގުރާމަ ހުއްޓާލައި، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ފެށުމުން އިސްރާއީލަށްދޭ ހަމަލާތައް ވަގުތުން ހުއްޓާލާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ