ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭސް ލިބުން ދަތިވީ ވިޔަފާރިވެރިން ގަސްތުގައި ބޭސް ގެނައުން ހުއްޓާލުމުން: ރައީސް

2ޮެ
ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް: — ފޮޓޯ: ސަން

އަސާސީ ބައެއް ބޭސްތައް ލިބުން ދަތިވެގެން ދިޔައީ، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު، ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ގަސްދުގައި ހުއްޓާލުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާސަންދަ ރީފޯމްގެ ތެރެއިން 1،000 ނުވަތަ 2،000 ޕަސެންޓު ލައިގެން އާސަންދައިގެ ތެރެއިން ބޭސް ގެނައުން ހުއްޓުވުމަށް ސަރުކާރުން އަގުތައް ކުޑަކުރި ކަމަށެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުން ސަރުކާރަށް ޖެއްސުމަށް، ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ހުއްޓާލި ކަމަށާއި ބޭހުގެ ދަތިކަން ކުރިމަތިވީ އެ ސަބަބާ ގުޅިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

“ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް، ހަމަ ޗޯކު ކޮށްލަން ވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ. އެސްޓީއޯ އަށް އިންޓައިމް ނުގެނެވުނީ ބޭސް އެހާ ވަރަށް،” ރައީސް ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 10 ބޭހެއް ފިޔަވާ ދެން ހުރި ހުރިހާ ބޭހެއް ގެނެސް އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކަށް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 784 ބޭސް ވެސް ގެނެސްފައިވާ ކަމަށާއި ބާކީ ހުރި 308 އަށް އޯޑަރު ދީ، 115 ބޭހެއް ގެނައުމަށް ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުން އަންނަ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، އަގު ކެޕް ކުރި ބައެއް ބޭސްތަކުން 15 ޕަސެންޓު އިތުރުކޮށްދީ، 77 ބޭހަކުން ބޭސް ގެންނަން ވިޔަފާރިވެރިންނަށް ލުއިދީފައިވާ ކަމަށާއި މިއީ ބޭސް ގެނައުމަށް ބާރު އެޅުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް