ކުއްލި ޚަބަރު

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓު

އިންޑިޔާއިން ޕާކިސްތާނަށް މިސައިލް ޙަމަލާއެއް ދީފި

ހުޅުމާލެއިން ހިނގާފައި ވީއައިއޭއަށް ވަންނަން ދިޔަ މީހަކު ފުލުހުން ހިފަހައްޓައިފި

އާ ރަށަށް ގިނައިން ދަނީ ކުޅިވަރު ކުޅެން: ރައީސް

Dsc 4125

ރައީސުލްޖުމްހުރިއްޔާ އަށް ހާއްސަކޮށްފައިވާ، ކ. އާރަށަށް ގިނައިން ވަޑައިގަންނަވަނީ ކުޅިވަރު ކުޅެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުޓްބޯޅަ ކުޅުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި އާރަށުގައި ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑެއް އޮތުމުން ހަފްތާއަކު ތިން ދުވަހު އެ ރަށަށް ވަޑައިގަންނަވާ ކަމަށެވެ.

އަދި މާލޭގެ ފުޓްސަލް ދަނޑަކަށް ކުޅެން ވަޑައިނުގަންވަނީ ސެކިއުރިޓީއާ ޓްރެފިކާއި އެހެން ކަންކަމަށް ބަލާއިރު އާރަށަށް ވަޑައިގަތުން ރަނގަޅު ކަމަކަށްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގެންނެވި ފަހުން އާރަށަށް ވަޑައިގެންނެވީ 116 ފަހަރު ކަމަށާއި އޭގެތެރެއިން 85 ފަހަރު ވަޑައިގެންނެވީ ފުޓްބޯޅަ ކުޅުއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އާއިލާއާއެކު 31 ފަހަރު އެ ރަށަށް ވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު އާރަށަށް ވަޑައިގަންނަވާތީ ރަސްމީ ލޯންޗުކޮޅުގެ އިތުރުން ސެކިއުރިޓީ ދެ ލޯންޗުކޮޅު ދަތުރުކުރާ ކަމަށާއި ލޯންޗުގެ ތެލުގެ ހަރަދަށް 8 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ބާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

އަމާޒަކީ އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުން: ރައީސް

ޓެކްސީ ލައިން ހިންގަން އެމްޓީސީސީއަށް ސަރުކާރުން ސަބްސިޑީއެއް ނުދޭނެ: އަމީން

ކޮލަމާފުށީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

Mulhiraajje
TTH_Advertisement ELL Mobile Advertisement