ސަރުކާރުން ޓެކްސީ ހިދުމަތް ދޭން 80 ޕަސެންޓް ރައްޔިތުން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ މިހާރު ވޯޯޓެއް ނެގި ނަމަވެސް ސަރުކާރުން އެ ހިދުމަތް ދޭން %80އަށް ވުރެ ގިނަ މީހުން ތާއީދު ކުރާ ކަމަށެވެ.
“މާލޭގައި މިހާރު ވޯޓެއް ނެގިޔަސް %80 އިން މަތިން ތާއީދު ކުރާނެ ސަރުކާރުގެ ނިންމުމަށް. ޔަގީން ކަމެއް އެއީ،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ހިދުމަތާ އެކު ޓެކްސީ ޑްރައިވަރުންނަށް ވެސް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ކަމަށެވެ.
“މިއީ ޕެރެރަލް ކޮމްޕެޓިޓާއެއް އުފައްދަނީއެއް ނޫން. މީގެ ތެރެއަށް ކިތަންމެ ޓެކްސީ ޑްރައިވަރުންނެއް ވަދެ، މީގެން ވަޒީފާ ލިބި، ސްޓެޑީ ރަނގަޅު އިންކަމެއް ލިބޭ ގޮތަށް،” ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ޓެކްސީ ކޮށްގެން ޓެކްސީ ޑްރައިވަރުންނަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށެވެ. އޭގެބަދަލުގައި ޓެކްސީ ޑްރައިވަރުންނަށް ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު