ކުއްލި ޚަބަރު

ހުއްދަ ނޫން ތަނެއްގައި މުޒާހަރާކުރާނަމަ ރޫޅާލާނަން: ފުލުހުން

ޣައްޒާއަށް އެހީ ހިފައިގެންދިޔަ “ފްރީޑަން ފްލޮޓިލާ” އަށް އިސްރާއީލުން ބޮންއެޅީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން

ބެކްޓީރިއާއަށް ޕޮޒިޓިވްވެގެން މިވަގުތު ފަރުވާދެނީ ފަސް ކުއްޖަކަށް: އައިޖީއެމްއެޗް

ސްޓޫޑެންޓް ލޯނަށް އެދި 1300 އެޕްލިކޭޝަން

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުން 1300 އެޕްލިކޭޝަން ލިބިފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިދިޔަ މާރްޗަމހު ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލިއިރު މިފަހުރ ހުޅުވާލީ 500 ފުރުޞަތެވެ. އަދި ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހަމަވެފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުގައެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުުޞަތުގައި ޖުމްލަ 1338 އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. މީގެ ތެރޭގައި ސްޓޫޑެންޓް ލޯނަށް އެދި މުޅިން އަލަށް ހުށަހެޅި 913 އެޕްލިކޭޝަނަކާއި، ސްޓޫޑެންޓް ލޯނުގެ އެހީގައި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ޑޮޕް-އަޕްގެ ގޮތުގައި 259 އެޕްލިކޭޝަނެއް ލިބިފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯނަށް ހުޅުވާލި ފުރުޞަތުގައި ލިބުނު އެޕްލިކޭޝަންތަކުގެ ތެރެއިން މިހާތަނަށް 646 އެޕްލިކޭޝަނެއް ރިވިއުކޮށްފައިވާކަމަށް މަތީ ތައުލީމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ކުރީ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ ލޯން ސްކީމްވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްފައިވެއެވެ. މިހާރުވެސް ކޯހުގައި ކިޔަވަމުންދާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދިނުމަށް ނިންމާފައިވާއިރު ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންވެސް އިތުރު ޚަރަދުތައް ހަމަޖެއްސުމަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލިއެވެ.

މި އަހަރުގެ ލޯނު ސްކީމުގައި އިސްކަން ދެނީ ހައިލީ ޓެކްނިކަލް ދާއިރާތަކުގެ ލިސްޓުގައި ހިމެނޭ ދާއިރާތަކަށް އެދޭ ފަރާތްތަކަށްކަމަށާއި، މި ލޯނު ސްކީމުގެ ދެބައިކުޅަ އެއްބައި ޚާއްޞަކުރެވިފައިވަނީ މި ފަރާތްތަކަށްކަމަށްވެސްމަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރުވަނީ ވިދާޅުވެފައެވެ. އަދި މި ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރުމަށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ލޯނަށް ހޮވުމުގެ މަރުޙަލާގައި އިތުރު 10 ޕޮއިންޓް ލިބޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް “ޝަރީޢާ ކޮމްޕްލަޔަންޓް” ލޯނުތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއެކު މި ލޯނަށް އިންޓްރަސްޓެއް ނާރާނެކަމަށާއި، އަދި އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެކަމަށެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 805 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެއެވެ، އަދި މި އަހަރުގެ ފެބުރުއަރީގެ ނިޔަލަށް 71 މިލިޔަން ރުފިޔާވެސް ދޫކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން މާދަމާ ހެނދުނު 10 ޖަހާއިރު

އާދަޔާ ޚިލާފް އުނި ސިފަތަކާއެކު އުފަންވާކުދިން ގިނަވުން: އިސްރާއީލުން އަޖުމަބަލަން އައު ހަތިޔާރު ޣައްޒާގައި ބޭނުންކުރާކަމުގެ ހެކި

09997

ހުއްދަ ނޫން ތަނެއްގައި މުޒާހަރާކުރާނަމަ ރޫޅާލާނަން: ފުލުހުން

399617 a81d06c9 a

ދިވެހި މަސްވެރިކަމަކީ ދުނިޔެއަށް ނަމޫނާއެއް: ރައީސް

Mulhiraajje
ELL Mobile Advertisement TTH_Advertisement