ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޖީއެމްއެޗްގެ އެންއައިސީޔޫ އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެ

Big qfovuxhga9pyqgiftnofy0teg
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް

އައިޖީއެމްއެޗްގެ އެންއައިސީޔޫ އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެއެވެ.

އައިޖީއެމްއެޗުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ހޮސްޕިޓަލުގެ އެންއައިސީޔޫ އިން ފެނިފައިވަނީ މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ބެކްޓީރިއާއެއް ކަމަށެވެ.

އެ ބެކްޓީރިއާއަކީ ބަލި މީހުންނަށް ފަރުވާދޭ ތަންތަނުގައި ބައެއް ފަހަރު އުފަންވާ ބެކްޓީރިއާއެއް ކަމަށާއި އެއީ އާންމު އެންޓި ބަޔޮޓިކަށް ނުގުޑާ ނުރައްކާތެރި އިންފެކްޝަނަަކަށް މަގުފަހިވާ ބެކްޓީރިއާއެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ އެ ބެކްޓީރިއާ ދެނެގަނެވުމާއެކު، އިތުރަށް ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެ ބެކްޓީރިއާގެ ސަބަބުން އެއްވެސް ކުއްޖެއް އަދި ސިއްހީ ފަރުވާދޭ މީހަކު ބަލިވެފައިނުވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

778

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި