ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަށް ފުރުޞަތު ހުޅުވާލައިފި

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އެ ތަނުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގެ 1 ވަނަ އިންޓޭކް (މޭ 2025) ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 30 އެޕްރީލް 2025 އިން ފެށިގެން 15 މޭ 2025 ވާ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވެއެވެ.

މި ޕްރޮގްރާމުގައި ހުޅުވާލާފައިވަނީ 15 ޖާގައެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ މުހިންމު މަޢުލޫމާތު:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ހުރިހާ ލިޔެކިޔުންތަކާއެކު 15 މޭ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހޮސްޕިޓަލުގެ އެޑްމިން އޮފީހަށް ހުށަހެޅުން.
2. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ފޮނުވުން.
3. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް.
އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:

މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން.
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ “ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން” ސެޓްފިކެޓް އޮތުން.
ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން.

މި ޕްރޮގްރާމަކީ ޞިއްޙީ ދާއިރާގެ ޒުވާން ޕްރޮފެޝަނަލުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ރޭވިފައިވާ މުހިންމު ފުރުޞަތަކަށް ވާއިރު އެ ޕްރޮގްރާމްތަކުން އައްޑޫ ސިޓީގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް